ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 23:57
މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް ކްރޫސްލައިނަރ އެއްގެ މީހުންތައް ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކުރަނީ
މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް ކްރޫސްލައިނަރ އެއްގެ މީހުންތައް ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19
މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް ތިން ކްރޫސްލައިނަރ އެއް ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފި
ތިން ކުރޫސް ލައިނާއިން 4000 އަށްވުރެ ގިނަ މީހުން ސްކްރީން ކުރެވުނު

މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް 2 ކްރޫސްލައިނަރގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ކޮރޯނާ ވައިރަސްއަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެ އޭޖެންސީން ބުނީ، މިއަދު ފުރަތަމަ ސްކްރީންކޮށްފައިވަނީ އެމްއެސް މާރކޯ ޕޯލޯ ނަމަކަށް ކިޔާ ކްރޫސްލައިނަރއެއް ކަމަށެވެ. 341 ފަސިންޖަރުންނާއި، 643 ފަޅުވެރިންނާއެކު ޖުމުލަ 984 މީހުން ސްކްރީންކޮސްފައިވާކަމަށާއި، މީގެތެރެއިން 08 މީހުންގެ ހަށިގަނޑުގައި ހުން ހުރި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ކްރޫސްލައިނަރ ގައި ތިބި އެއްވެސް މީހަކު ފާއިތުވެދިޔަ 14 ދުވަހު ޗައިނާއަށް ޒިޔާރަތްކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން މިއަދު ދެވަނަޔަށް ޗެކްކޮށްފައިވަނީ، ނޯޓިކާ ނަމަކަށް ކިޔާ ކްރޫސްލައިނަރ އެއްކަމަށެވެ. އެޗްޕީއޭއިން ބުނީ، 399 ފަސިންޖަރުންނާއި، 635 ފަޅުވެރިންނާއެކު ޖުމުލަ 1،035 މީހުން ސްކްރީންކޮސްފައިވާކަމަށާއި، މީގެތެރެއިން 02 މީހުންގެ ހަށިގަނޑުގައި ހުން ހުރި ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހުވެސް އެޗްޕީއޭއިން ވަނީ ރާއްޖެއަށް އައިސް އުޅޭ ކްރޫސްލައިނަރ އެއްކަމަށްވާ އެމްއެސް ކޮސްޓާ ވިކްޓޯރިއާގައި ތިބި 2460 މީހުންވެސް ސްކްރީންކޮށްފައެވެ. އެގޮތުން އެ ކްރޫސްލައިނަރ ގައި ތިބި 786 ފަޅުވެރިންނާއި، 1674 ފަސިންޖަރުން ސްކްރީންކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެކްރޫސްލައިގައި 12 މީހުންގެ ހަށިގަނޑުގައި ހުން ހުރިކަން ދެނެގަނެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، އައިސޮލޭޓްކޮށްގެން ފަރުވާ ދިނުމަށް، ނުވަތަ ކަރަންޓީން ކްރައިޓީރިއާއަށް މި 3 ކްރޫސްލައިނަރގައި ތިބި ފަސިންޖަރުންވެެސް ނުފެތޭ ކަމަށެވެ.

- ކޮމެންޓް