Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 14:12
ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލު
ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލު
ފޭސްބުކް
އިބްތިޙާލްގެ މަރު
އިބްތިޙާލްއާމެދު އާފިޔާ ކަންތައް ކުރި ގޮތް ފިރިމީހާގެ ދުލުން: ވާހަކަތައް ވަރަށް ހިތްދަތި!
އިބްތިހާލު މާރާލީ 2015 ވަނަ އަހަރު
ހުކުމް ކުރުން އޮތީ މާރޗު މަހު 8 ގައި
ޝަފީޤްއާ އާފިޔާގެ އިތުރު 2 ދަރިން ތިބޭ

ވ. ރަކީދޫގައި މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ފިރިމީހާގެ ހެކިބަސް ނަގައިފިއެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ށ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީޤްގެ ހެކިބަސް ނަގާފައިވާއިރު، އިބްތިޙާލްއާމެދު އާފިޔާ ކަންތައް ކުރި ގޮތް އޭނާ ވަނީ ޝަރީއަތަށް ކިޔައިދީފައެވެ.

އެގޮތުން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޝަފީޤް ބުނީ، އޭނާ އަކީ ވ އަތޮޅުގެ އަތޮޅު ފެރީގެ ކެޕްޓަން ކަމަށާއި، ހެނދުނު 07:00 އިން ފެށިގެން ހަވީރު 5:30 އަށް އޭނާ އުޅެނީ ވަޒީފާ އަދާކުރުމުގައި ކަމަށެވެ. އެގޮތުން ވަޒީފާއިން ގެއަށް އަންނައިރު އާންމުކޮށް އިބްތިޙާލް އިންނާނީ އެއްވެސް އެއްޗެއް ނުކައިކަން ފާހަގަކޮށް އޭނާ ބުނީ، ގިނަ ފަހަރު އެ ކުއްޖާ ހުންނާނީ ވެސް ހެނދުނު ޖަހާ ނެޕީއާއެކު ކަމަށެވެ. އަދި ކާއެއްޗެއް ގެނެސްފިނަމަ ކޮތަޅުން ކާއެއްޗެހި ނުނެގެނީސް އިބްތިޙާލް ކެއުމަށް އަވަސް ވެގަންނަ ކަމަށާއި، އޭނާ ހުންނަނީ ބަނޑުހައިވެ ހާންތިވެފައި ކަމަށް ވެސް ޝަފީޤް ބުނެފައިވެއެވެ. ނަމަވެސް އެވަރުން ވެސް އިބްތިޙާލް އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

Advertisement

ދައުލަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޝަފީޤް އިތުރަށް ބުނީ، ގެއަށް އަންނައިރު ކާގޭގައި އިންނަ ގޮނޑިއެއްގައި އާންމުކޮށް އިބްތިޙާލް އެކަނިން އިންނާނެ ކަމަށާއި، ގިނަ ދުވަސްތަކުގައި ހުންނަނީ ފެން ވެސް ނުވަރުވާ ކަމަށެވެ. އެގޮތުން ޝަފީޤް އޭނާ ފެންވަރުވާއިރު ހަށިގަނޑުން ނޫފައިގެންފައި ހުންނަ ނިޝާންތައް ހުންނަ ކަމަށާއި، އާފިޔާއާ ސުވާލު ކުރުމުން އެއީ ކުދިންތައް ކުޅެން އުޅެނިކޮށް ވީ ކަމެއް ކަމުގައި ބުނާކަމަށް އޭނާ ހެކިބަސް ދީފައިވެއެވެ. ނަމަވެސް އިބްތިޙާލްއާ ސުވާލު ކުރުމުން "މަންމަ ޖެހިއްޔޭ" ބުނާ ކަމަށް އޭނާ ބުންޏެވެ.

ޝަފީޤްއާ އާފިޔާގެ އިތުރު 2 ދަރިން ތިބޭއިރު، އެކުދިންނާ އިބްތިޙާލްއާ ތަފާތުކުރާކަން ޝަފީޤް ވަނީ ވީޑިއޯ ކޮންފަރެންސްގައި ފާހަގަކޮށްފައެވެ.

އަހަރެން ކުރިމަތީގައި އަނިޔާއެއް ނުކުރޭ، ނަމަވެސް އާފިޔާ އިބްތިޙާލަށް އަޅައެއް ނުލާ، ބަލިވިޔަސް އަޅާނުލާނެ، ކާންދިނުމުގައިވެސް އަޅައެއް ނުލާ، ދެން ތިބި ދެ ކުދިންނާ އިބްތިޙާލާ ވަރަށް ތަފާތުކުރޭ، އެކުދިންނާ އެކު ޓީވީ ބަލާ ކުޅެހަދާ، ބަލިވިޔަސް ރޭގަނޑު އެއްކޮށް ހޭލާ އިނދޭ، އިބްތިޙާލާ މެދު އާފިޔާގެ ބަސްމަގު ހުންނަނީ ވަރަށް ހަރުކަށިކޮށް ނަމަވެސް ދެން ތިބި 2 ކުދިންނާ އެހެނެއް ނޫން މުޢާމަލާތް ކުރަނީ،
އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީޤް

ޝަފީޤް ބުނީ، އިބްތިޙާލްއާމެދު ކަންތައް ކުރާ ގޮތުން ބައެއް ދުވަސްތަކުގައި އޭނާ ގޮވައިގެން ދަތުރަށް ފުރާ ކަމަށާއި، ނަމަވެސް ދަތުރު ނިންމާލުމަށްފަހު ވެސް އިބްތިޙާލް ގެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ. އަދި ގެއަށް ވަންނަން ބޭނުން ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެއްވެސް އެއްޗެއްކޭ ނުބުނެ ހަނު ހުންނަކަމަށް އޭނާ ފާހަގަކުރިއެވެ. އިބްތިހާލް އަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްތޯ ސިފަކޮށްދޭން ދައުލަތުން އެދުމުން ޝަފީޤް ބުނީ އިބްތިހާލް އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ބަސްމަދު، ގެންގުޅެން ފަސޭހަ ކުއްޖެއް ކަަމަށެވެ.

ޝަފީޤް އަކީ ދިފާއީ ހެއްކެއްގެ ގޮތުގައިވެސް ހުށައަޅާފައިވާ ފަރާތަކަށްވާއިރު، ޝަފީޤްއާ ސުވާލު ކުރުމަށް ފުރުސަތު ދިނުމުން އާފިޔާ ބުނީ، ޝަފީޤާ ކުރަން ބޭނުންވާ އެއްވެސް ސުވާލެއް ނެތް ކަމަށާއި، ނަމަވެސް އޭނާ އެ ހަދަނީ ދޮގު ކަމަށެވެ. އަދި އިބްތިޙާލަކީ ޝަފީޤުގެ ދަރިއެއް ކަމަށްބުނެ އާފިޔާ ވަނީ އިތުރަށް ބުނަން ބޭނުންވާ އެއްޗެއް ނެތްކަން ފާހަގަކޮށްފައެވެ.

ސުވާލެއް ނެތް ކުރާކަށް، ހުސް ދޮގު އެ ހެދީ، އަދި ކުއްޖާގެ ބައްޕައަކީ އިބްރާޙިމް ޝަފީޤް، އިތުރަށް ކުރަން ބޭނުންވާ އެއްވެސް ސުވާލެއް ނެތް،
އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު
އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު

މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް މިވަނީ ނިންމާލާފައެވެ. އެގޮތުން ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުން ކަމަށާއި، 26 ފެބްރުއަރީގައި ޚުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އުސްދާޛް މުޙައްމަދު ސަމީރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ޙުކުމް ކުރުން އޮންނާނީ އަންނަ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އިބްތިހާލް މަރާލި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިޔަސް، ފަހުން އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އާފިޔާ ބުނެފައި ވަނީ މީގެ ކުރިން ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ވާހަކަ ދެއްކީ ބަޔަކު ބިރު ދައްކައިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ފެބްރުއަރީ 2020 | ބުދަ 16:43
ބަކުރުބޭ
އާފިޔާމަރަން ލަަސް ެެެެެެެެެއްޖެ