Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 17:18
ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ)
ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ)
ސަން އޮންލައިން
ޖޭއެސްސީ
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ
މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު
މައްސަލަ ބަލަނީ ޖޭއެސްސީގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއްވެސް ބަލާފައިވޭ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

ޖޭއެސްސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 15 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން ގާޒީ އަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ޖޭއެސްސީގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލައެއްކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

Advertisement

ފެމިލޯ ކޯޓަށް ބަދަލުކުރުމުގެ ކުރިން، އަބްދުﷲ ގަޒީ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގަޒީ އެކެހެރިކުރުމުން ސިޔާސީ މަސްރަހު ހުނުވެގެންދިޔައިރު، އަބްދުﷲ ގާޒީ އެކަހެރިން ދޫކޮށްލީ ވެރިކަން ވައްޓާލުމަށްފަހު، އޭރުގެ އިދިކޮޅު ފަރާތްތަކުންނެވެ. އަބްދުﷲ ގާޒީއަކީ ސިޔާސީ މީހުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރުއްވި ގާޒީއެއް ކަމަށް ތުހުމަތުކުރެވުނު ގާޒީއެކެވެ. އަދި ވަޒީރަކު ޒިންމާދާރުކުރުމަށްކަމަށް ބުނެ މަރުގެ މައްސަލައެއްގައި ހިމެނޭ ކުށްވެރިޔަކު ދޫކޮށްލީވެސް އަބްދުﷲ ގާޒީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް