Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 20:40
ނުޖޫމް 2 ނަމަކަށް ކިޔާ ދޯނި
ނުޖޫމް 2 ނަމަކަށް ކިޔާ ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓްގާރޑް
ދޯންޏެއްގައި ހުއްޓާ މެއަށް ތަދެއް އަރައިގެން ހާލު ދެރަވި މީހާ ނިޔާވެއްޖެ
ނިޔާވެފައި ވަނީ އުމުރުން 44 އަހަރުގެ ދިވެއްސެއް
އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:38 ހާއިރު
ނިޔާވެފައިވާ މީހާއަކީ ދޯނީގެ ކެޕްޓަން

ހއ. އުލިގަމް ކައިރީ އޮތް މަސް ދޯންޏެއްގައި ހުއްޓައި ހާލު ދެރަވި މީހާ ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 44 އަހަރުގެ ދިވެއްސެއް ކަމަށާއި، ކުއްލިއަކަށް އޭނާގެ މެޔައް ތަދެއް އެރުމުން އެކަން ދޯނީގައި ތިބި މީހުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 11:38 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ހއ. އުލިގަމުގެ އުތުރުން 70 މޭލު ބޭރުގައި އޮތް ނުޖޫމް 2 ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަރނ އޭރިއާ ސީޖީ ސްކޮޑްރަންގެ އެހީތެރިކަމާއެކު އޭނާ ހއ ދިއްދޫއަށް ގެންދެވުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ނިޔާވެފައިވާ މީހާއަކީ ދޯނީގެ ކެޕްޓަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް