Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 08:19
އެމްއޭސީއެލްގެ އައު ސީޕްލޭން ޓަރމިނަލް
އެމްއޭސީއެލްގެ އައު ސީޕްލޭން ޓަރމިނަލް
އެމްއޭސީއެލް
އައު ސީޕްލޭން މައްސަލަ
އައު ސީޕްލޭން ޓާމިނަލް މައްސަލައިގައި އަވަސް ނިންމުމެއް ނިންމުން އެދެން: އެމްއޭސީއެލް
ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އޭސީސީން އެމްއޭސީއެލްއަށް ވަނީ އަންގާފަ
އެމްއޭސީއެލް އިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ
ވީހާވެސް އަވަހަށް އައު ރަންވޭ ހުޅުވަން ބޭނުންވާކަން ފާހަގަ ކޮށްފައިވޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލްއާއި ގުޅިގެން ހިންގޭ ތަހުޤީޤުތައް އަވަސް ކޮށްދިނުމަށް އެ ކުންފުނިން އެދެފިއެވެ.

އައު ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވާއިރު، އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ، އައު ސީޕްލޭން މައްސަލައިގައި އިދާރާތަކުން ހިންގާ ތަހުޤީޤުތަކަށް މަރުޙަބާ ކިޔާ ކަމަށާއި، ނަމަވެސް އަވަސް ނިންމުމެއް ނިންމެވުން އެދޭ ކަމަށެވެ.

Advertisement

އެގޮތުން އެމްއޭސީއެލް އިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، އެއާލައިން ޚަރަދު ކުޑަ ކުރުން ފަދަ ކަންކަމަށް ވީހާވެސް އަވަހަށް އައު ރަންވޭ ހުޅުވަން ބޭނުންވާކަން ފާހަގަކޮށް އެމްއޭސީއެލް އިން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ މަންފާއަށް ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް އޭސީސީއަށް ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، އޭސީސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

އޭސީސީން ބުނީ، މި މައްސަލައާ ގުޅިގެން ކޮމިޝަންގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އެކޮމިޝަނުން އެމްއޭސީއެލްއަށް އަންގާފައިވާނެ ކަަމަށެވެ. އަދި މި މައްސަލައިގައި ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާޢީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީން ތަޙްޤީޤުކުރަމުންދާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް