Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 18:28
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
މުހައްމަދު ފަޒީން
އިކޮނަމިކް މިނިސްޓްރީ
ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމު ބަލައިގަންނަ ގޮތަށް ބަދަލު ގެނެސްފި
"ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ" މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގައި، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްކޮށްފައިވާ "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަ
އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް، ސިވިލްކޯޓުގައި ރަޖިސްޓްރީ ކުރުމަށް ދަތިވަމުން ދާތީ އަލުން ކުރިން އޮންނަ ގޮ
މެޖިސްޓްރޭޓު ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ ފޯމް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަތުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ނިންމާފަ

މެޖިސްޓްރޭޓް ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް އަލުން ބަލައިގަންނަ ގޮތަށް އިކޮނަމިކް މިނިސްޓްރީން ހަދައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ "ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ" މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގައި، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްކޮށްފައިވާ "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް، ސިވިލްކޯޓުގައި ރަޖިސްޓްރީ ކުރުމަށް ދަތިވަމުން ދާތީ މެޖިސްޓްރޭޓު ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ ފޯމް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަތުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

Advertisement

މި ފޯމަކީ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި، ކޯޓާ އަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ކަމާގުޅޭ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެކެވެ. އަދި މިފޯމު ހުށަހަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހުއެވެ.

މިގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، މި ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހަމަޖައްސާފައިވެއެވެ. އަދި ދެންނެވުނު ފޯމް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން "އިންކޮމްޕްލީޓް" ކުރެވޭނެ ކަމަށާއި، ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މި މިނިސްޓްރީއިން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް