ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 19:09
މިއަދު ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ތެރެއިން
މިއަދު ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމް
ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމްގެ ޕްރައިމަރީ ބާއްވައިފި
2 ސިޓީގެ އިތުރުން 42 ރަށެއްގައި ޕްރައިމަރީ ބާއްވާފައިވޭ

އިދިކޮޅު މައި ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން ދަރުބާރުގޭގެ 2 މާލަމެއްގައި އަދި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔަ ކަމަށް ޕީޕީއެމުން ބުނެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ވޯޓުލާން ނުކުތް އަދަދު އުއްމީދުކުރިވަރަށް ވުރެ ރަނގަޅުކަމަށެވެ. އަދި ވޯޓުލުމުގެ ވަގުތު ހުކުރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އިތުރުކުރުމަށްފަހު ވޯޓު ގުނުމުގެ ކަންކަން 9 ޖަހާއިރު ފެށިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްލަ ގޮތެއްގައި ވޯޓުލުމުގެ ކަންކަން ދިޔައީ ވަރަށް އޮމާން ކަމައެކު ކަމަށާއި، އެއްވެސް މައްސަލައެއް ވޯޓުލުމުގެ ތެރޭގައި ހިނގާފައި ނުވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ އެ ކޯލިޝަންގައި ހިމެނޭ 2 ޕާޓީގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ޕީޕީއެމުން އެކަނި ކެންޑިޑޭޓުން ނެރުމަށެވެ. އަދި އެއީ ކޯލިޝަންގެ ކެންޑިޑޭޓުން ކަމަށާއި، އިދިކޮޅުގެ ދެ ޕާޓީންވެސް އެ ކެންޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމަށެވެ.

- ކޮމެންޓް