Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 19:07
ފަތުރުވެރިޔާ ހައްޔަކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
ފަތުރުވެރިޔާ ހައްޔަކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
އެމްވީކްރައިސިސް
ކ މާފުށި
ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ކަން ހިނގައިދިޔަގޮތް ބަލައި 2 ދުވަސް ތެރޭ ކޮމިޝަނަރަށް ހުށައަޅަންޖެހޭ!
ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫން
މިހާރު ފަތުރުވެރިޔާ ވަނީ ދޫކޮށްލާފައި
އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރޭ

ކ. މާފުށީގައި ނިވާކަން ކުޑަގޮތަށް ހުރި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް އެ ރަށަށް ގޮސްފައިވާ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑްގެ ޓީމުން އެ މައްސަލަ ބެލުމަށްފަހު ފާހަގަވި ކަންކަން ކޮމިޝަނަރަށް ހުށައަޅަން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގައި ކަން ހިނގައިދިޔަގޮތް ބަލައި ތަހުޤީޤު ކުރުމަށްފަހު ފާހަގަކުރެވޭ ކަންކަން ކުރިއަށް އޮތް 2 ދުވަސް ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް ރިޕޯޓްކުރާނެ ކަމަށެވެ.

އޭގެއިތުރުން، މިޙާދިސާ ހިނގާދިޔަ ގޮތާ ގުޅޭގޮތުން ފުލުހުން ބުނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރި އުޅެމުންދާކަމުގެ ޝަކުވާ ބުރާސްފަތި ދުވަހުގެ ހަވީރު 17:48 ހާއިރު ލިބިފައިވާތީ އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މަސްތުގެ ޙާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި، ބުރާސްފަތި ދުވަހުގެރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

Advertisement

ފުލުހުން ބުނީ މާފުށީގައި މިވަގުތު މަސައްކަތްކުރާ އަންހެން ފުލުހުން ނެތް ކަމަށާއި، މިފަދަ ޙާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް ޢާމަލުކުރެވޭނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ކަންކުރި ގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި ޢާންމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މިމައްސަލަ ތަޙުޤީޤު ކުރައްވާނެ ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމަށް މަސައްކަތް ކުރީ ފިރިހެން ފުލުހުންތަކެކެވެ. މިވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް