ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 18:39
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައެއް ސުކޫލުތަކަށް ވަޑައިގެން ދަރރިވަރުންގެ ހާލު ބައްލަވާލައްވަނީ
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައެއް ސުކޫލުތަކަށް ވަޑައިގެން ދަރރިވަރުންގެ ހާލު ބައްލަވާލައްވަނީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
ދަރިވަރުންގެ ކަންކަން ވަރަށް ގާތުން ބަލަން، ބޭނުންވާ އިތުރު އެހީތެރިކަންވެސް މި އަންނަނީ ފޯރުކޮށްދެމުން: މިނިސްޓަރ
 
ދަރިވަރުންނަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ފޯރުކޮށްދެމުން ދާކަމަށް މިނިސްޓަރ ވިދާޅުވި

ހުކުރު ދުވަހުގެރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާއި ގުޅިގެން ދަރިވަރުންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށާއި، ބޭނުންވާ އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދަތިތައް ލިބުނު އާއިލާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެހެން ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާދެއްވަފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގައި ކިޔަވާ ދަރިވަރުން ތިބި ކަމަށާއި އެކުދިންގެ ކިޔެވުމަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައެއް ސުކޫލުތަކަށް ވަޑައިގެން ދަރރިވަރުންގެ ހާލު ބައްލަވާލައްވަނީ

މިނިސްޓަރ ވިދާޅުވީ އެ ދަރިވަރުންނަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ފޯރުކޮށްދެމުން ދާކަމަށެވެ.

އޭގެއިތުރުން، އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގެ ތެރެއިން ޓީޗަރަކު ހިމެނޭ އާއިލާއަކަށް ފެނުނީ އެންމެ އާއިލާއެއް ކަމަށާއި އެ ޓީޗަރަށް ވަނީ އެދުރުހިޔާގެ ފްލެޓަކުން ވަގުތީ ބޯހިޔާވަހިކަން ދީފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ލިބުނު ގެއްލުމުގެ ސަބަބުން ކުދިންގެ ޔުނީފޯމާއި އެހެނިހެން ތަކެތި ގެއްލިފައިވާތީ އެ ދަރިވަރުން ކުލަ ހެދުމުގައި ސްކޫލަށް ދިއުމުގެ ހުއްދަދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އޯ ލެވަލްއަށް ކިޔަވާ އެއް ކުއްޖަކާއި އޭ ލެވެލް އަށް ކިޔަވާ ދެ ކުދިންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެ ކުދިންނަށް ބޭނުންވާ ޕާސްޕޭޕަރުތައް ވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައެއް ސުކޫލުތަކަށް ވަޑައިގެން ދަރރިވަރުންގެ ހާލު ބައްލަވާލައްވަނީ

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަންވެސް މިހާރު ފޯރުކޮށްދެމުންގެންދާކަމަށެވެ. އަދި އެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް މިނިސްޓްރީގެ ތެރެއިން ހަމަޖައްސާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ގިނަ އިމާރަތްތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް