Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 16:35
ކުރީގެ ރައީސް މައުމޫނު
ކުރީގެ ރައީސް މައުމޫނު
ރައީސް އޮފީސް
ރޯދަމަހުގެ ރޭތައް އިޙްޔާ ކުރުން
މައުމޫނު ފައުންޑޭޝަނުން ބާއްވާ އިޙްޔާ ޖަލްސާ މާދަމާރޭ
"ހެއު ކަމާއި ތަޤުވާގެ މައްސަރު" ފޮތް މި ޖަލްސާއިން ގަންނަން ލިބެން ހުންނާނެ
ޖަލްސާ ފެށޭނީ 10:00 ގައި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައުމޫން ފައުޑޭޝަނުން ބާއްވާ އިހްޔާ ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހު މައުމޫން ފައުންޑޭޝަނުން ކުރި އިއުލާނެއްގައި ބުނީ މިހިނގާ މެއި މަހުގެ 29 ވަނަ ދުވަހު ރޭ ބާއްވާ މި ޖަލްސާ ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށާއި، ޖަލްސާ ފެށޭނީ 10:00 ގައި ކަމަށެވެ. އަދި " ކީރިތި ޤުރުއާނުގެ އަޖާއިބުތަކުގެ ތެރެއިން" މި މައުޟޫގެ މައްޗަށް ވާހަކަފުޅު ދައްކަވާނީ ފައުންޑޭޝަންގ ޗެއަރމަން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، ރަމަޟާން މަހަށް ޚާއްސަ ކޮށްގެން މައުމޫނު ފައުންޑޭޝަނުން ޝާއިއު ކޮށްފައިވާ ފޮތް "ހެއު ކަމާއި ތަޤުވާގެ މައްސަރު" މި ޖަލްސާއިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ފޮތުގެ އަގަކީ 50ރ ކަމަށެވެ.

Advertisement

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ މި ޖަލްސާގައި ބައިވެރި ވުމަށް ޝައުގުވެރިވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފައުންޑޭޝަނުން ދައުވަތު އަރުވާ ކަމަށެވެ.

ރައީސް މައުމޫން ގެންދެވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ކޮންްމެ އަހަރެއްގެ ރަމަޟާން މަހުގައި އިހްޔާ ޕްރޮގްރާމްތައް ކުރިއަށް ގެންދަވަމުންނެވެ. ވެރިކަމުން ފައިބާ ވަޑަައިގެންނެވި ފަހުން ވެސް އެމަނިކުފާނު ޕްރޮގްްރާމްތައް ކުރިއަށް ގެންދަވާފައިވެއެވެ. ނަމަވެސް ޖަލުގައި ހުންނެވުމުގެ ސަބަބުން މި ޕްރޮގްރާމް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް