ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 15:10
ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޯލްޒް
ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޯލްޒް
ރޮއިޓާސް
ރަޝިއާ އާއި ޖަރުމަނުން ސުލްހައިގެ މޭޒުދޮށަށް
ޕޫޓިންއާ ވާހަކަފުޅުދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ޝޯލްޒް ވިދާޅުވެއްޖެ
 
ސުލްހައިގެ ވާހަކަތަކަށް ޕޫޓިން ފުރުޞަތު ދެއްވި ނަމަވެސް ހަނގުރާމަ ހުއްޓާލާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް

ޔޫކްރެއިންގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އަލުން މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް ދެއްވައިފި އެވެ. ނަމަވެސް ޝޯލްޒް ވިދާޅުވީ މަޝްވަރާތަކަށް ދިއުމުގެ ކުރިން މޮސްކޯއިން އެންމެ ފުރަތަމަވެސް ކިއޭވް އަށް ސީރިއަސް ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ.

އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޝޯލްޒް ވަނީ ރަޝިޔާއިން ޔޫކްރެއިނުގައި ހިންގަމުންދާ އަމަލުތަކަކީ "އިމްޕީރިއަލިޒަމް" ގެ ގޮތުގައި ސިފަކުރައްވައި، ޖަރުމަނުގެ އަސްކަރީ އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ޝޮލްޒް ވަނީ ރަޝިޔާއިން ދެބަސްވެފައިވާ ސަރަހައްދުން ސިފައިން ބޭލުން ފަދަ "ނިންމަންޖެހޭ ފިޔަވަޅުތައް" އެޅުމަށް ގޮވާލައްވާފައެވެ. މިކަމުގައި ރަޝިޔާގެ ސްޓޭންޑްގެ ބަދަލުކޮށްފިނަމަ މަޝްވަރާތަކަށް ޔޫކްރޭންގެ ސަރުކާރަށް މޭޒުދޮށަށް އައުމަށް ވިސްނައިދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުގެ ލީޑަރު އެންމެ ފަހުން ޕުޓިންއާ ފޯނުން ވާހަކަ ދެއްކެވީ މިދިޔަ ޑިސެމްބަރު މަހު ހުޅަނގުގެ ހަތިޔާރުގެ މާއްދާތަކުން ހަނގުރާމަ ދިގުލައިގެން ދާތީ ޕޫޓިން އެކަމާ ހިތްޕުޅާ ނުވެ ފާޑުވިދާޅު ވުމުންނެވެ. ޖޫން މަހު ކްރެމްލިންއާ އަލުން ގުޅެން ބޭނުންވާ ކަމުގެ އިޝާރާތެއް ޝޯލްޒް ދެއްވި ނަމަވެސް، ފަހުން އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

ރަޝިއާއިން ބުނަމުން ދަނީ މަޝްވަރާތަކަށް އަދިވެސް ހުޅުވާލާފައިވީ ނަމަވެސް ސުލްހައިގެ ވާހަކަތައް ކުރިއަށްދާނީ ޔޫކްރެއިނުން މަނާކުރި ސަރަހައްދުތައް ރަޝިޔާއާ ގުޅެން ވޯޓު ދިނުމުން ކަމަށެވެ. ޔޫކްރެއިނުން ރަޝިޔާ ފޭބުމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ޝަރީއަތްތައް ހިންގަން ޖެހޭ އެއްބަސްވުމެއް ހުށަހެޅުއްވި ނަމަވެސް މޮސްކޯއިން ވަނީ އެކަން ޤަބޫލު ނުކުރާނެކަމަށް ބުނެފައެވެ.

މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޝޮލްޒް ވިދާޅުވެފައިމިވަނީ ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ދެގުނައަށް އިތުރުކުރުމަށް ޖަރުމަނުން އެއްބަސްވެ، ރަޝިޔާ އިތުރަށް ރުޅިގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ހަތިޔާރު ސަޕްލައި އިތުރުވަމުން ދިޔަ ނަމަވެސް މޮސްކޯއިން ލުއިތަކެއް ދީފިނަމަ ޑިޕްލޮމެސީގެ ދޮރު ހުޅުވިފައިވާ ކަމަށް ޗާންސެލާ ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ ގުޅިފައިވާ ބާރުތަކުން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފުޅާކުރަމުންދާއިރުވެސް ރަޝިއާ އޮތީ ސާބިތުކަމާއެކު އަމިއްލަ ދިފާޢުގައި ވަރަށްބޮޑަށް ތައްޔާރަށް ކަމަށް ޕޫޓިން ވިދާޅުވެއެވެ. ސުލްހައިގެ ވާހަކަތައް ފެށުމާމެދު ވާހަކަ ދެކެވުނު ކަމުގައިވިޔަސް ޔޫކްރެއިނުން ރަޝިއާ ފައިބަފާނެކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް