ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 23:32
ޢަބްދުއް ރަޝީދު ނާފިޒް
ޢަބްދުއް ރަޝީދު ނާފިޒް
ރާއްޖެ އެމްވީ
ހަލް އިންޝުއަރެންސް
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
 
އެމްއެމްއޭއިން އެކިފަހަރު ކަންކުރަނީ އެކިގޮތައް: ނާފިޒް

އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަނޑުއޅަނދު އިންޝުއަރެންސް ކުރަން ޖެހޭ ގޮތަށް ކަނޑައެޅުމާ ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސްބަޔާނާމެދު ޓްރާންސްޕޯޓް އޮތޯރިޓީން ކަންބޮޑުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ކަނޑުއަޅަނދުތައް ފަރަށް އެރުމުންނާ އަދި އެ ނޫން ވެސް ގޮތް ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައި ދިނުމުގެ ގޮތުން އުޅަނަދުތައް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ. އެ އިއުލާންތަކާ ގުޅިގެން ވަރަށް ގިނަ އިންޝުއަރެންސް ކުންފުނިތަކުން މައުލޫމާތު ސާފްކުރި ކަމަށާއި ނަމަވެސް ކުރިމަތިލީ ހަމައެކަނި އެލައިޑް އިންޝައެރެންސް އިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެލައިޑް މެދުވެރިކޮށް އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ބިޑަށް ހުށަހަޅައިގެން އެހެން އެއްވެސް ކުންފުންޏަކުން ކުރިމަތި ނުލުމުން ކަމަށް ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެއްގަމު އުޅަނދު އިންޝުއަރެންސް ކުރުމުގަ އިންޝުއަރެންސް ޕްރިމިއަމް ކުޑަކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެމްއެމްއޭއާއެކު މަޝްވަރާ ކުރެއްވިން ކަމަށާއި ނަމަވެސް ރާއްޖޭގައި އޮންނަނީ ފްރީ މާކެޓް އިކޮނޮމީއެއްކަމަށް ވިދާޅުވެ އެކަން އެހެން ކުރެވެން ނޯންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެލައިޑާ ޙަވާލު ކުރުމުން އެމްއެމްއޭއިން ފާޑު ކިޔާފައި ވާތީ ކަންބޮޑުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް