ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 14:57
ކިރްޔަތް ޝްމޯނާއަށް ހިޒްބުﷲ އިން ދިން ހަމަލާގައި އަލިފާން ރޯވެފައިވާ ގެއަކުން އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތް ކުރަނީ
ކިރްޔަތް ޝްމޯނާއަށް ހިޒްބުﷲ އިން ދިން ހަމަލާގައި އަލިފާން ރޯވެފައިވާ ގެއަކުން އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތް ކުރަނީ
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
ހިޒްބުﷲ އިން މިސައިލް ހަމަލާއެއް ދީ އިޒްރޭލުގެ ކިރްޔަތް ޝްމޯނާގައި ދެ މީހަކު މަރާލައިފި
މި ހަމަލާގައި މަރުވެފައިވަނީ އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށް މަގެން ޑޭވިޑް އޭޑްމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހިޒްބުﷲ އިން އިޒްރޭލުގެ އުތުރުގައި އޮންނަ ކިރްޔަތް ޝްމޯނާ ސިޓީއަށް ރޮކެޓް ހަމަލާއެއް ދީ ދެ މީހަކު މަރާލައިފިއެވެ.

ބުދަ ދުވަހު ދިން މި ހަމަލާ އާ ގުޅޭ ގޮތުން އިޒްރޭލުގެ އެމަރޖެންސީ ސިއްހީ ފަރުވާދޭ އިދާރާއެއް ކަމުގައިވާ، މަގެން ޑޭވިޑް އޭޑްމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ އަންހެނަކާއި ފިރިހެނެއް، ބޮން އެޅުމުގެ ސަބަބުން ޒަޚަމްވެ، ހޭނެތިފައި އޮއްވާ ފެނުނު،" ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "އެ ފަރާތްތަކަށް ޞިއްޙީ ފަރުވާ ދިނުމަށް މަސައްކަތްކުރިނަމަވެސް، އެ ފަރާތްތަކަށް ލިބިފައިވާ އަނިޔާތައް ބޮޑުކަމުން، ހާދިސާ ހިނގި ތަނުގައި އެ ދެ ފަރާތް މަރުވެފައިވާކަން އިޢުލާންކުރަން ޖެހުނީ،" ކަމަށެވެ.

އިޒްރޭލުގެ ސިފައިން ބުނާގޮތުގައި، ވައިގެ ހަމަލާގެ ސައިރަންތަކުގެ އަޑު އިވުމަށްފަހު ލުބުނާނުން ގާތްގަނޑަކަށް 20 މިސައިލް ދޫކޮށްލި ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

މި ހާދިސާއަކީ އިޒްރޭލުން ދެކުނު ލުބުނާނުގައި ހުރި ހިޒްބުﷲގެ މަރުކަޒުތަކަށް ވައިގެ ހަމަލާ ދޭން ފެށުމަށްފަހު، އިޒްރޭލުގެ ރައްޔިތެއް މަރުވި ފުރަތަމަ ހާދިސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް