ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 21:59
ރައީސް ނަޝީދު: މިވަގުތު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި
ރައީސް ނަޝީދު: މިވަގުތު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި
ގޫގުލް
ރައީސް ނަޝީދު
"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
 
އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި

ވަގުތުގެ އަވައިގައި ޖެހިގެން ބާރުވެރިކަމުގައި ތިބުމަށްކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ވަގުތުގެ އަވައިގައި ޖެހި ދެކޭ ހުވަފެން ކޮޅު ނެތް ކޮޅަށް ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު، ފަނާވެ ހަނާވެ ދާތަން އަޅުގަނޑު އަނެއްކާވެސް ދެކޭނަން،" ރައީސް ޔާމިންގެ ސަރުކާރަށް އިޝާރަތްކުރައްވާ އާދީއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. 

މިއަދަކީ ރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހަށް ވާއިރު ރައީސް ނަޝީދުގެ މިޓްވީޓް ކުރެއްވީ ޅެން ބަހުރުވައިންނެވެ. 

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާއިރު، އެ މަނިކުފާނު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީހެއް ވިދާޅުނުވި ނަމަވެސް، ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް