ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 20:33
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
 
ޕްރައިމަރީގައި 700 އަށް ވުރެ ގިނަ މީހުން ވާދަކުރޭ

އަންނަ އެޕްރީލް މަހުގެ އަށް ވަނު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމެރީ މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހ. ހުރަފާގައި ހުންނަ ރައީސް ޔާމީން ފެކްޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ޖުމްލަ 60 ދާއިރާއެއްގައި ޕީޕީއެމްގެ ޕްރައިނެރީ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޮވަން ބާއްވާ ޕީޕީއެމްގެ ޕްރައިމެރީގައި ވާދަ ކުރުމަށް 700އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.  ޖުމްލަ އަދަދު ބުނަން އިނގޭނީ ހުރިހާ ފޯމްތަކެއް ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ދާއިރާތަކުގެ ޕްރައިމެރީ ނުބާއްވަން ނިންމީ ކޮންމެ ދާއިރާއަކަށް ވެސް އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައި ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްރައިނެރީ ބޭއްވުމަށް ނިންމީ ޕާޓީގެ ލިސްޓް އެންމެ ފުރިހަމަ ވެގެން ނޫން ކަމަށާއި ނަމަވެސް ޕްރައިމެރީ ބޭއްވޭ ވަރަށް ލިސްޓް ފުރިހަމަވެފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ. ޕީޕީއެމްގެ ޕްރައިމެރީގައި ވޯޓް ލެވޭނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަަނަ ދުވަހާ ހަމައަށް ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ފޯމް ހުށަހަޅާފައިވާ މެމްބަރުންނަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް