ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 06:58
ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
 
ެަރައީސްގެ ދެކަބަލުންނަށް ތައުރީފް ކުރަމުން ގޮސް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގެ
 
ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކޮށްދެއްވުމުން ތައުރީފް ކުރަން ނުޖެހޭނެ

ޕީޕީއެމް މަޖިލީސް މެންބަރުނާއި މިނިސްޓަރުން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ކުރައްވާ ތައުރީފަކީ, ހުދުމުހްތާރު ވެރިކަމެއްގައި ކުރައްވަންޖެހޭ އަދި އުޅުއްވަންޖެހޭ ގޮތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ މިނިސްޓާރުންނާއި ޕީޕީއެމް މަޖިލީސް މެންބަރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ތައުރީފް ކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ. އެ އަމަލަކީ ނާޒިމު ވިދާޅުވި ގޮތުގައި، ހުދުމުހުތާރު ވެރިއެއްގެ އަރިހުގައި ތިއްބަވައިގެން މިނިސްޓަރުން ނުވަތަ ޕާލިމްންޓް ގްރޫޕްގެ މެންބަރުން އެންމެ ދައްކަވަން އެކަށީގެންވާ ސިފަ އެވެ. 

ހުދުމުތާރު ވެރިއެއްގެ ކައިރީގައި ތިއްބަވާ ބޭފުޅުން، އެ ވެރިޔަކު ރުއްސައިގެން ކަމެއް ކުރެވޭނެ ކޮންމެ މަގެއް ބަލަމުންދާނެ ކަމަށާއި ނަމަވެސް ހަމަ ބުއްދިން ވިސްނައިފި ކަމުގައި ވަނީނަމަ އެބެފުޅުންނަށް އެ ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން އެނގޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެޑަމް ފާތުން ކެމްޕޭން ޖަލްސާ ފެއްޓެވުމުން އެކަމަނާ ވަރު ބޭފުޅެއް ނެތިގެން ވާހަކަ ދައްކަމުންދާއިރު އެބޭފުޅުންނަށް  މުސާރަ ދެއްވަނީ މެޑަމް ފާތުމައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ގޮސްތިބެ މެޑަމް ފާތުންގެ މޮޅު ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ބައެއް މެންބަރުން ރައީސްގެ ދެކަބަލުންނަށް ތައުރީފް ކުރަމުން ގޮސް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގި ބުއްދި ފިލައިދާ ހިސާބަށް ވާހަކަ ދައްކަމުން ދާކަން ނާޒިމް ވަނީ ފާހަގަ ކުރައްވަފައެވެ.

އެވާހަކަ ތަކަކީ ހިތުން ރުހުމުން ދައްކާ ވާހަކަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ބަޔަކު ނުވަތަ ވެރިއަކު ރުއްސަން ދައްކާ ވާހަކަ ތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

 ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އެ ރައްޔިތުން ހޮވާފައި ހުންނަވާ ވެރިއަކަށް ލާޒިމް ކަމަކަށް ވާއިރު ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކޮށްދެއްވުމުން ތައުރީފް ކުރަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މިނިވަން އިންސާފުވެރި އިލެކްޝަންސް ކޮނިޝަނެއް އޮވެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުނަށްކުރިމަތިލެވޭ އިންސާފުވެރި އިންތިޚާބެއް ބާއްވާފިނަމަ  ރައީސް ޔާމީނަށް ރިޔާސީ އިންތިކާބް ކާމިޔާބު ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް