ކ. މާލެ
|
14 ޖެނުއަރީ 2017 | ހޮނިހިރު 19:33
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް ތިބި ދިވެހިންތަކެއް: 100 އަށް ވުރެ ގިނަ ދިވެހިން ހަނގުރާމައަށް ގޮސްފައިވާކަމަށް ވޭ
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް ތިބި ދިވެހިންތަކެއް: 100 އަށް ވުރެ ގިނަ ދިވެހިން ހަނގުރާމައަށް ގޮސްފައިވާކަމަށް ވޭ
ޓްވިޓަރ
ހަނގުރާމައަށް ދާ ދިވެހިން
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
 
މުހައްމަދު ޕާކިސްތާނަށް ދިޔައީ 2007 ގައި
 
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
 
ހަނގުރާމަވެރި ޖަމާއަތެއްގެ އިސް މީހެއް ކަމަށް ތުހުމަތު ކުރޭ

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ހަނގުރާމަވެރި ޖަމާއަތަކާ ގުޅުމަށް އާއިލާއާ އެކު 2007 ވަނަ އަހަރު ރާއްޖެ ދޫކޮށް ދިޔަ މީހެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާން އެވެ.

އާއިލާއާއެކު ޕާކިސްތާނުގައި އުޅުމަށް ފަހު ރާއްޖެ އައިތަނުން ހައްޔަރުކުރި މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ ކުރިއިރު، އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދުގެ މައްޗަށް ފުލުހުން ކޮށްފައިވަނީ، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އޭނާ ހަނގުރާމަ ކޮށްފައިވާ ކަމުގެ ތުހުމަތެވެ. އަދި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ އިސް މަގާމުތަކުގައި އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އަދި ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީ ވެސް ކުށެކެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްގާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް