މެރިނޭޓެޑް ފުރުޓް ސެލަޑް
2 ޖޫން 2018 | ހޮނިހިރު 14:38
ފުރުޓް ސެލަޑް - ގޫގުލް
ފުރުޓް ސެލަޑް - ގޫގުލް
ގޫގުލް

ބޭނުންވާ ތަކެތި

  1. ފަޅޯ (އެއް ފަޅި ކިއުބްކޮށް ކޮށާފައި)
  2. އެއް އޮރެންޖް (ކޮށާފައި)
  3. އާފަލް / ފެހި އަދި ރަތް ( ކިއުބްކޮށް ކޮށާފައި)
  4. އަލަނާސި (ދެ ފޮތި ރޯ އަލަނާސި)
  5. އެއް ލުނބޯ
  6. މާމުއި
  7. ނަޓްސް

 

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ހުރިހާ ފުރުޓެއް ބޯތައްޓެއްގެ ތެރެއަށް އެޅުމަށް ފަހު، އޭގެ މައްޗަށް ލުނބޯ ފިތާލާށެވެ. އެއަށްފަހު ބާކީ ހުރި ކެޝޫ ނަޓްސްކޮޅު ފުރުޓް ތަށިތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރި ފުރުޓްގެ ތެރެއަށް މާމުއި އަޅާ ރަހަ ހެޔޮވަރުކޮށްލާށެވެ.

ނޯޓް:

މި ފުރުޓް ސެލަޑް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ މޭވާގެ އިތުރުން، އެހެން ބާވަތެއްގެ މޭވާ ވެސް ބޭނުންކޮށްލެވިދާނެއެވެ. އިތުރުކޮށްލަން ބޭނުންވާ މިންވަރަށް މޭވާ އެޅުމަކުން ރަހައަށް ބަދަލެއް ނާންނާނެއެވެ.

- ކޮމެންޓް