ސްޕެގެޓީ އޮލިވްސް އެންޑް ޓޫނާ
2 ޖޫން 2018 | ހޮނިހިރު 14:39
ސޮސެޖް ސްޕެގެޓީ - ނާޒްމީ ސައީދު
ސޮސެޖް ސްޕެގެޓީ - ނާޒްމީ ސައީދު
ރާއްޖެއެމްވީ

ސްޕެގެޓީ އޮލިވްސް އެންޑް ޓޫނާ

ބޭނުންވާ ތަކެތި

  1. އެއް ޕެކެޓް ސްޕެގެޓީ (ތެޔޮ ފޮދެއް އަޅައިގެން ކައްކާފައި)
  2. އެއް ދަޅު މަސް (ތޮޔޮ މަސް)
  3. ހަތަރު ލޮނުމެދު (ޗަސްކޮށްފައި)
  4. 200ގްރާމް ފިޔާ ( ކުދިކޮށް ކޮށާފަ)
  5. ސައިސަމުސާ އޮރިގާނޯ
  6. ސައިސަމުސާ ރޯސްމެރީ
  7. ބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
  8. ހިކި މިރުސް
  9. ބައި ސައިސަމުސާ ލޮނު
  10. ގްރީން / ބްލެކް އޮލިވްސް
  11. ތޮޔޮ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކުޑަ ތެޔޮފޮދެއްގައި ފިޔާ، ލޮނުމެދު، އޮލިވްސް މީރުކޮށްލާށެވެ. އެއަށްފަހު ރޯސްމެރީ، އޮރިގާނޯ، އަސޭމިރުސް، ހިކިމިރުސް، އެޅުމަށްފަހު އެއްކޮށްލާށެވެ. ހިކިމިރުސް އަޅާނީ ބުރިކޮށްލާފައެވެ. ކުޑަކޮށް ރަތްވުމުން މަސްކޮޅު އަޅާލުމަށްފަހު އެއްކޮލާށެވެ. މިގޮތަށް މަޑު ގިނީގައި ފަސް މިނިޓް ވަންދެން މީރުކޮށްލުމަށް ފަހު، ސްޕެގެޓީ އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ލޮނު ހެޔޮވަރުކޮށްލާށެވެ.

- ކޮމެންޓް