Advertisement
ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 20:21
އެމްޔޫއޯގެ ޕްރެސްކޮންފަރެންސް
އެމްޔޫއޯގެ ޕްރެސްކޮންފަރެންސް
މުހައްމަދު ޝަރުހާން
އެމްޔޫއޯ
މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި
އެއްވުމުގައި ރާއްޖޭގައި އަދުލުވެރިކަން ގާއިމް ކުރުމަށް ގޮވާލުން

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާލާ އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް (މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން) އެމްޔޫއޯއިން ބުނެފިއެވެ.

 

މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި އެމްޑީޕީ ހަރުގެ ކުރިމަތީގައެވެ.

 

މި އެއްވުމުގައި ރާއްޖޭގައި އަދުލުވެރިކަން ގާއިމް ކުރުމާއި، ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގޮވާލުމަށް ވަނީ ހަމެޖެހިފައެވެ.

 

މީގެ އިތުރުން މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށް ވެސް މި އެއްވުމުގައި ގޮވާލުމަށްވަނީ ހަމަޖެހިފައެވެ.

 

އިދިކޮޅު އިއްތިހާދުން ގުޅިގެން މާލޭގައި ހިނގާލުން ބާއްވާއިރު އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ކެމްޕޭން ޓީމެއް ދަނީ ނ. އަދި ޅ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޅ. އަތޮޅު ނައިފަރުގައި މިއަދާއި މިރޭ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް