ކޮކޮނަޓް ޕައި

  1. އެއް ޖޯޑު ކާށި ހުނި
  2. 1/2 މާޖިރީން
  3. ދެ ޖޯޑު ފުށް
  4. އެއް ޖޯޑު ހަކުރު
  5. ވެނީލާ އެސެންސް (ރަހަލާ ވަރަށް)
  6. ބޭކިން ޕައުޑަރ
  7. އެއް ބިސް
  8. ޖޭމް

 

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތައްޓެއްގެ ތެރެއަށް މާޖިރިން، ފުށް، އެސެންސް، ބިސް، ބޭކިންގ ޕައުޑަރ އެޅުމަށްފަހު ޕައިގެ ފުށްގަނޑު މޮޑެލާށެވެ. މޮޑެ ނިމުމުން ޓްރޭއަކަށް ފުށްގަނޑު އެޅުމަށް ފަހު ރީތިކޮށް ފަތުރާލާށެވެ. އެއަށްފަހު މަތީގައި ޖޭމް ހޭކުމަށް ފަހު، ޖޭމްގެ މަތީގައި ހުނި ލޭޔާރ އެއް އަޅާށެވެ. އެ އަށް ފަހު އަވަނަށް ލާ 170 ޑިގްރީގައި 25 މިނިޓަށް ފިހެލާށެވެ.

 

 

- ކޮމެންޓް