ޑީޕް ފްރައިޑް ޗިކަން ބްރައުން

  1. ޗިކަން (ބޯންލެސް)
  2. އެއް ބިސް
  3. މަސްޓަޑް (ރަހަލާ ވަރަށް)
  4. އަސޭމިރުސް (ރާޅުކޮށް)
  5. ލޮނު (ރަހަލާ ވަރަށް)
  6. އެއް ޖޯޑު ޗީޒް (ގާނާފައި)
  7. އެއް ޖޯޑު ކޯން ފްލަރ

 

 

ތައްޔާރުކުރާނެ ގޮތް

ތައްޓެއްގެ ތެރޭގައި މަސްޓަޑް ކްރީމް، ލޮނު އަސޭމިރުސް އެއްކޮށްލުމަށް ފަހު ކުކުޅުގައި ރަނގަޅަށް ހާކާލާށެވެ. އެ އަށް ފަހު އޭގެ ތެރެއަށް ބިސް އެޅުމަށް ފަހު އެއްކޮށްލާށެވެ. އެ އަށް ފަހު 30 މިނިޓް ވަރު މެރިނޭޓް ކުރުމަށް ބަހައްޓާށެވެ.  

އެހެން ތައްޓެއްގައި ކޯންފްލަރ އާއި ޗީޒް އެއްކޮށްލާށެވެ. އެއްކޮށްލި ފުށްގަނޑުގެ ތެރެއަށް ކުކުޅު ލުމަށް ފަހު، ކުކުޅު މަސްގަނޑުގައި ފުށް ހަރުވާ ގޮތަށް ރަނގަޅަށް ޕްރެސްކުރަމުން ހާކާށެވެ.

ޑީޕް ފްރައި ކޮށްލެވޭ ވަރަށް ތަވަޔަށް ތެޔޮ އަޅާފައި ހޫނުވުމުން މަސްކޮޅު އަޅާ ދެ ފުށް ރޯފިލާ ވަރަށް ތެލުލާށެވެ.

- ކޮމެންޓް