ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 03:55
ގއ. މާމެންދޫގައި 18 އަހަރުގެ އަންހެނަކު ވަނީ ރޭޕްކޮށްލާފައި
ގއ. މާމެންދޫގައި 18 އަހަރުގެ އަންހެނަކު ވަނީ ރޭޕްކޮށްލާފައި
މުހައްމަދު ޝަރުހާން
ރޭޕްގެ މައްސަލަ
ގއ. މާމެންދޫގައި ހަތަރު މީހުންވެގެން އަންހެނަކު ރޭޕްކޮށްފި
ރޭޕްކޮށްފައިވަނީ އުމުރުން 18 އަހަރުގެ އަންހެނެއް
އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ ގެކައިރީގައި ހުރި ފިހާރައަކުން ނުކުމެގެން އަނދިރިމަގަކުން ގެއަށް ދަނިކޮށް
އެ އަންހެން މީހާގެ ބަޔާން ނެގުމަށް އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ހޮސްޕިޓަލުގައި އޮއްވާ އެމްބިއުލާންސަށް ލައިގެން

ގއ. މާމެންދޫގައި އުމުރުން 18 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފިއެވެ.

އެ އަންހެން މީހާ އަކީ އެ ރަށު މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އެ އަންހެން މީހާގެ ފިރިމީހާގެ އައިލާ މީހަކު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ އެ އަންހެން މީހާ ރޭޕްކޮށްލާފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށާއި އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ ގެކައިރީގައި ހުރި ފިހާރައަކުން ނުކުމެގެން އަނދިރިމަގަކުން ގެއަށް ދަނިކޮށް ބަޔަކު ގޮސް އޭނާ ހިފެހެއްޓުމަށްފަހު ކަމަށެވެ.

އެ މީހާ އިތުރަށް ބުނީ އެ ރަށު ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަ ފުލުހުން ބެލުމަށް ދެކޮޅަށް ހެދި ކަމަށެވެ. އަދި އެ އަންހެން މީހާގެ ބަޔާން ނެގުމަށް އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެންދަން ޖެހުނީ ހޮސްޕިޓަލުގައި އޮއްވާ އެމްބިއުލާންސަށް ލައިގެން ކަމަށްވެސް އެ މީހާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއަށް ގުޅުމުން ޖަވާބުނުދެއްވާތީ ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ. އެ ރަށު ޕޮލިސް ސްޓޭޝަނަށް ގުޅުމުންވެސް ބުނީ އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނީ ޕޮލިސް މީޑިއާ އިން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 މެއި 2018 | ހޮނިހިރު 05:09
ފަސީ
މިއީތޯ ޕީޕީއެމްގެ ބޭފުޅުން ތިވިދާޅުވާ ރައްކާތެރިކަމަކީ