ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 13:51
އެފްއެންޑްބީ ޝޯ ޕޯސްޓަރ
އެފްއެންޑްބީ ޝޯ ޕޯސްޓަރ
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
އެފްއެންޑްބީ ޝޯ
ހައިރައިޒްގެ އެފްއެންޑްބީ ޝޯ މިއަދު ފަށަނީ
ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ) މިއަދު ފަށާނެއެވެ.

އެފްއެންބީ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ ފަސް ވަނަ ދުވަހަށް ނެޝެނަލް އާރޓް ގެލަރީގައެވެ.

ކާބޯތަކެތީގެ ބާވަތްތައް ޝޯކޭސް ކުރުމަށް ބާއްވާ އެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެފްއެންޑްބީގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ހައިރައިޒް ކުންފުނިން ހުޅުވާލިއެވެ.

މިދިޔަ އަހަރު 15 ކުންފުންޏެއް ވަނީ އެފްއެންޑްބީ ޝޯގައި ބައިވެރިވެފައެވެ. އަދި އެ ޝޯ ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު ޒިޔާރަތް ކުރި ފަރާތްތަކަށް އަގުހުރި އެކި އިނާމުތައް ވަނީ ހަވާލުކޮށްފައެވެ.

ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ މަރިޔަމް މާއިޝާ ވިދާޅުވީ މިފަހަރުގެ ޝޯ ކުރިއަށްދާނީ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތާކާއިއެކު ކަމަށާއި ޝޯގެ ތެރެއިން ކޮންމެ ރެއަކު ލަކީޑްރޯ ނަގާނެ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފައިދައިން މިއަހަރުވެސް އެފްއެންޑްބީ ޝޯ ކާމިޔާބު ކަމާއެކީ ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް މާއިޝާ ވިދާޅުވިއެވެ.

މިއީ ހައިރައިޒް ކުންފުނީގެ ފަރާތުން ބާއްވާ ތިން ވަނަ އެފްއެންޑްބީ ޝޯއެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ އެފްއެންޑްބީ ޝޯ ބޭއްވީ 2016 ވަނަ އަހަރުގައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް