ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 22:41
ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން
ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން
މިނިސްޓްރީ އޮފް ޖެންޑާ
ޓްރޭނިންގ ޕްރޮގްރާމް
އޯޓިޒަމް ކުދިން ބެލެހެއްޓުމުގެ ހާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފިޔަވަތި މަރުކަޒުގެ މުވައްޒަފުންނަށް ހިންގައިފި
އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތު ވަނީ ދީފައި
އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތު ވަނީ ދީފައި
މި ޕްރޮގްރާމްގައި ޖުމްލަ 16 މުވައްޒަފުން ބައިވެރިވި

ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒުކަމުގައިވާ ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ހާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގައި، އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތާއި، ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ދިނުމާގުޅޭ ބައިތަކާއި، ކުދިންގެ އަޚުލާޤު ބައްޓަން ކުރެވިދާނެ ގޮތްތަކުގެ އިތުރުން ޢަމަލީ ތަޖުރިބާގެ އަލީގައި ހުނަރު ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނޭގޮތަށް ސެޝަންތައް ވަނީ ނަގައިދީފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ޕްރޮގްރާމް މެނޭޖަރ ޖަލާ ޒުޙުރީ ވިދާޅުވީ ކުރިމަގުގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމު ކުރެވިގެންދާނެ ކަމަށެވެ. އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ފިޔަވަތީގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ޖަލާ ވިދާޅުވިއެވެ.

ޕާރޓްނަރޝިޕް އުސޫލުން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި ކުރުނބާ މޯލްޑިވްސް އާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން، މި ފަރާތްތަކުގެ އެހީތެރިކަމާއެކު، އޯޓިޒަމް ސެންޓަރުގައި މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ފިޔަވަތީގެ އިސް ވެރިންނާއި ސުޕަވައިޒަރުންނާއި ޓީޗަރުން އަދި ކެއަރ ވޯރކަރުން ހިމެނޭ ގޮތަށް ޖުމުލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

   

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް