ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 20:28
ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓަރ މުހައްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓަރ މުހައްމަދު ޝަރީފް
މުހައްމަދު ޝަރުހާން
ސައިރިކްސް ކޮލެޖް
މީހުން ތަރައްޤީކުރުމަށް ބޭނުންވެގެން ޓަކި ޖަހާ ކޮންމެ ފަރާތަކަށް އެ ފުރުސަތު ހުޅުވާލަން: ސައިރިކްސް ކޮލެޖް
ރާއްޖޭގެ ތަރައްޤީ ބިނާކުރުމުގައި އަދި މީހުން ބިނާކުރުމުގައި ސައިރިކްސް އަކީ އައު ބައެއް ނޫން
ނޫސްވެރިންނަކީ ޤައުމެއް ތަރައްޤީވަމުން އަންނައިރު އެ ބޭނުންވާ ފުރިހަމަ ތެދު މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް
މިކަހަލަ ޕްރޮގްރާމްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ޕްރޮގްރާމްތަކަކަށް ހަދަން ބޭނުން

މީހުން ތަރައްޤީކުރުމަށް ބޭނުންވެގެން ޓަކި ޖަހާ ކޮންމެ ފަރާތަކަށް އެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އާއި ސައިރިކްސް ކޮލެޖް ގުޅިގެން ހިންގި ނޫސްވެރިކަމުގެ ތަމްރީނު ކޯސް ނިންމާލާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސައިރިކްސް ކޮލެޖަކީ ރާއްޖޭގެ ތަރައްޤީ ބިނާކުރުމުގައި އަދި މީހުން ބިނާކުރުމުގައި އައު ބައެއް ނޫން ކަމަށާއި ސައިރިކްސް އާއި ރާއްޖެޓީވީގެ ގުޅިގެން އިންތިޒާމް ކުރި ކޯސް ނިމިގެންދިޔުމަކީ ދެ ފަރާތުގެ މަސައްކަތައް އިތުރުވި ކާމިޔާބީގެ ބޮޅެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ނޫސްވެރިންނަކީ ޤައުމެއް ތަރައްޤީވަމުން އަންނައިރު އެ ބޭނުންވާ ފުރިހަމަ ތެދު މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަމަށާއި އެއީ ވަރަށް މުހިންމު ރޯލެއް ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ ރޯލަކީ ޒަމާނުއްސުރެން މުހިންމު ރޯލެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެ ދާއިރާއަށް ބޭނުންވާ މީހުން ތަރައްޤީ ކުރުމަށްޓަކައި މާބޮޑު މަސައްކަތްތަކެއް މިއަދާ ހަމައަށް އައިރު ކުރެވިފައިނުވާ ކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ތެދު ބުނާށޭ. ހައްޤުބަސް ބުނާށޭ. އަމިއްލަ ޒަމީރު ޤަބޫލުކުރެވޭ މަސައްކަތް ކުރާށޭ. ރޭގަނޑު ނިދޭ ގޮތަށް ދުވާލު މަސައްކަތް ކުރާށޭ އޭރުން ޤައުމަށްވެސް ފައިދާވާނެ އަދި އަމިއްލައަށްވެސް ފައިދާވާނެ" ޝަރީފު ވިދާޅުވިއެވެ.

ޤައުމަށް ފައިދާ ހޯދައިދިނުމަށްޓަކައި ރާއްޖެޓީވީން ސަރިކްސް ކޮލެޖްގެ ޕްލެޓްފޯމް ބޭނުންކޮށްގެން ދެއްކީ މިސާލެއް ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

މިކަހަލަ ޕްރޮގްރާމްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ޕްރޮގްރާމްތަކަކަށް ހަދަން ބޭނުންވާ ކަމަށްވެސް ސަރިކްސް ކޮލެޖުން ބުންޏެވެ.

ޖުމްލަ 14 ކުދިން ވަނީ ކޯހުގައި ބައިވެރިވެ ކާމިޔާބުކަމާއެކީ ކޯސް ފުރިހަމަކޮށްފައެވެ. އަދި މީގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ކުދިންނަށް ރާއްޖެޓީވީގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް