ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 09:18
ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން
ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން
އެމްއެންޑީއެފް
ސިފައިންގެ އާއިލީ ހަވީރު
ސިފައިންގެ އާއިލީ ހަވީރު ފަށައިފި
އާއިލީ ހަވީރު ފަށާފައި ވަނީ ރަސްފަންނުގައި
އާއިލީ ހަވީރުގެ ފަހު ދުވަހަކީ މިއަދު
ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ

ސިފައިންގެ 126 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީ ހަވީރު ހުކުރު ދުވަހު ހަވީރު ރަސްފަންނުގައި ފަށައިފިއެވެ.

ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ހުކުރު ދުވަހު ކުރިއަށްގެންދިޔަ މި އާއިލީ ހަވީރުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތައް ވެސް ވަނީ ބާއްވާފައެވެ.

އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން  ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން އަދި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތްތައް ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ރަސްފަންނުގައި ކުރިއަށްދާނެއެވެ.

މިއަހަރު ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުން ވަނީ ތަފާތު ގޮތަކަށް ބާއްވާފައެވެ. އެގޮތުން ސިފައިންގެ ބޭންޑުން ކުޅުނު ރާގުތަކުގެ އިތުރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑުބެރުޖަހާފައެވެ.

މި ހިނގާލުން ބާއްވާފައި ވަނީ ހުޅުމާލެގައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް