ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 13:13
ގެއްލުނު ކުއްޖާގެ ސޯޓު
ގެއްލުނު ކުއްޖާގެ ސޯޓު
ރާއްޖެއެމްވީ
އައްޑޫ ސިޓީން ގެއްލުނު ކުދިން
ގެއްލުނު އެއް ކުއްޖެއްގެ ސޯޓު ފެނިއްޖެ
 
އެމްއެންޑީއެފް އަދި ފުލުހުންގެ ދަނީ އެ ކުދިން ހޯދުމަށް މަސައްކަތް ކުރަމުން
 
ފެނިފައިވަނީ ފަހުމީގެ ސޯޓު

އައްޑޫ ސިޓީގައި މޫދަށްއެރި އުޅެނިކޮށް ގެއްލުނު އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ ސޯޓު ފެނިއްޖެއެވެ.

ފުލުހުންގެ ޓީމަށް މި ސޯޓު ފެނިފައިވަނީ ހިތަދޫގައި ފްލެޓް ތަކާއި ދިމާލުން ފުއްޓަރު ފަރާތު ފަރުމަތިންނެވެ.

އައްޑޫ ސިޓީގައި ހުރި ރާއްޖެއެމްވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ވިސާމް ބުނީ، ހޯމަ ދުވަހު ފެނުނު ސޯޓަކީ ގެއްލިގެން ހޯދަމުންދާ އަލީ ފަހުމީގެ ސޯޓުކަން ކަށަވަރު ކުރުމަށް އަލީ ފަހުމީގެ އާއިލާއިން މަސައްކަތް ކުރަމުންދާކަމަށެވެ. 

ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައިވަނީ އިތުރު ކުއްޖަކާއި އެކު މޫދަށް އެރި އުޅެނިކޮށް މި އޭޕްރީލް މަހުގެ 21 ވީ ހޮނިހިރު ދުވަހުގެ މެންދުރެވެ.

މިކުދިންނާއި އެކު މޫދަށް އެރުނު ހިތަދޫ، ބުލޫގޭ ރާއިފް އަލީ ސަލާމަތް ވެފައިވާ އިރު ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުންވެސް ދަނީ ކުރަމުންނެވެ.

ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯސްޓުގާޑުގެ ޑައިވަރުން ދަނީ ކުދިން ހޯދުމަށް ކަނޑުގެ ސަރަހައްދު ހޯދަމުން ކަމަށާއި އައްޑޫ ސިޓީ ވަށައިގެންވާ ކަނޑުގެ ސަރަހައްދުވެސް ހެލިކޮޕްޓަރު މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް