ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 12:29
މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖެއެމްވީ
ވަކީލުންގެ ބައްދަލުވުންތައް
ކޮންމެ ދުވަހަކު ގައިދީނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ކަރެކްޝަނުން ބުނެފި
 
ކުރިން ވަކީލުންގެ ބައްދަލުވުންދެމުން އައި ގޮތާއި މެދު ގިނަ ޤާނޫނީ ވަކީލުންތަކެއް ވަނީ ކަންބޮޑުވުންފާޅު ކޮށްފައި
 
ހަފުތާގެ ކޮންމެ ދުވަހަކުވިޔަސް، ގައިދީ ނަން ހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައި ބައްދަލު ކުރެވޭނެ

މިދުވަސްވަރު ހިނގަމުންދާ ޝަރީއަތްތަކަށް ބެލުމަށްފަހު، އަދި ބަނދުގައި ތިބި ބައެއް މީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ޖަލުގައި ދެވޭ ވަކީލު ބައްދަލުވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަން ސާރވިސްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮންމެ ގައިދީއަކަށް ގިނަވެގެން ދެ ވަކީލުންނާއެކު ދުވާލަކު އެއް ބައްދަލުވުން ލިބޭނެ ކަމަށާއި މާފުށީ ޖަލުގައި ވަކި ގަޑިތަކެއްގައި އެކަނި ވަކީލު ބައްދަލުވުން ދިނުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ގައިދީ ނަން ހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައިވެސް ބައްދަލުވުން ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެގޮތަށް ގަޑި ހަމަޖައްސައި ދެވޭނީ، ފުރަތަމަ އެދިލައްވާ ފަރާތަށް އިސްކަންދީގެން ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ވަކީލަކަށްވެސް ބައްދަލުވުމަށް ނޯޓުކުރެވޭނީ އޭނާގެ މުވައްކިލްއާއެކު ކުރިޔަށް އޮތް ބައްދަލުވުމަށް ކަމަށާއި ވަކީލު އެދޭ ގަޑި ލިބެންނެތް ނަމަ، ދެން ލިބެން އޮތް ގަޑި އެއް ޚިޔާރު ކުރެވޭނެ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ވަކީލުންނާ ބައްދަލު ކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރާ ތަންވެސް ވަކީލު ބައްދަލުވުމަށް ވަނީ ހުޅުވާލާފައެވެ. އާއިލީ ބައްދަލުވުން ދޭ ތަނުގައި ވަކީލުންގެ ބައްދަލުވުމެއް ދޭނަމަ، ކޮންމެވެސް ގައިދީއެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެއެވެ. އަދި އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ފަހުން އެބައްދަލުވުން ދެވޭނެ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކުރިން ވަކީލުންގެ ބައްދަލުވުންދެމުން އައި ގޮތާއި މެދު ގިނަ ޤާނޫނީ ވަކީލުންތަކެއް ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް