ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 12:14
މިދިޔަ އަހަރު ހޮވުނު ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަކަށް ހަނދާނީ ފިލާ ހަވާލުކުރެއްވުމުގެ ތެރެއިން
މިދިޔަ އަހަރު ހޮވުނު ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަކަށް ހަނދާނީ ފިލާ ހަވާލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ތައުލީމީ ދާއިރާ
ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ރައީސް ހަމަޖައްސަވައިފި
 
މީގެ ކުރިން ހޮވޭ އެންމެ މޮޅު ދަރިވަރަށް ރައީސް ދެއްވަމުން ގެންދެވީ އިނާމެއް

ސާނަވީ އާއި މަތީ ސާނަވީއިން ރާއްޖޭގެ ސްކޫލްތަކުން ކޮންމެ އަހަރަކު ހޮވާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު، ނުވަތަ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ހަމަޖައްސަވައި، އެކަން އެމަނިކުފާނު އިފްތިތާޙު ކުރައްވައިފިއެވެ

އެކަން އިފްތިތާޙު ކުރެއްވުމުގެ ގޮތުން މިއަހަރު ދެއްވާ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަވާލުކޮށްދެއްވީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމު ރަސްވެލި ޢާއިޝަތު މަލްޙާއަށެވެ.

ހަނދާނީ ފިލާ ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ބޭރު ޤައުމަކަށް ކިޔަވަންދިޔަކަމުގައި ވިއަސް ޤައުމު ދެކެ ލޯބިވުމަށާއި، ވަޠަނީ މީހަކަށް ވުމަށް ނަޞޭހަތްތެރި ވެވަޑައިގެންފައެވެ. ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް އުނގެނިފައިވާ ތަޢުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްވެސް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ޤައުމެއްގެ ހައިސިއްޔަތުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހޯމަ ދުވަހު ތަޢާރުފު ކުރެއްވި "ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ" މީގެ ފަހުން ދަރިވަރުންނާ ހަވާލުކޮށްދެއްވާނީ، ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާއެއްގެ ޝަރަފުވެރި މެހުމާނެވެ.

ސްކޫލުތަކުން ހޮވޭ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވީ އިނާމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް