ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 18:06
ވާއު ކިޑްސް ރަން އިއުލާންކުރަން ބޭއްވި ހަފްލާގެ ތެރެއިން
ވާއު ކިޑްސް ރަން އިއުލާންކުރަން ބޭއްވި ހަފްލާގެ ތެރެއިން
ބީއެމްއެލް
ވާއު ކިޑްސް ރަން
ވާއު ކިޑްސް ރަން އަންނަ މަހު ބާއްވަނީ
 
ރެޖިސްޓްރޭޝަން އަށް ލިބޭ ފައިސާގެ 15 އިންސައްތަ ކެއަރ ސޮސައިޓީއަށް ހަދިޔާކުރުމަށް ނިންމާފައިވޭ
 
ރޭހުގައި އުމުރުން 3 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" މެއި މަހުގެ 5 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން ތައާރަފުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ބެލެނިވެރިންގެ އެހީތެރިކަމާ އެކު ފަންޑް ރެއިޒް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިފަހަރުގެ ދުވުމުގެ މައިގަނޑު މަޤްސަދަކީ ދުވުން މެދުވެރިކޮށް ލިބޭ ފައިސާ ކެއަރ ސޮސައިޓީއަށް ހަދިޔާކުރުން ކަމަށެވެ.

މި ރޭހުގައި އުމުރުން 3 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެއެވެ.

މި ދުވުން އިންތިޒާމް ކުރާ ޓީއެފްޖީ ޖިމްގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ މިފަހަރުގެ ދުވުމުގައި ކޮންމެ ކެޓަގަރީއަކަށް ސަތޭކަ ޖާގަ އިތުރު ކުރެވިފައިވާ ކަމަށާއި ދުވުމުގައި ޖުމްލަ 900 ޖާގައަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ޒިނާން އިތުރަށް ބުނީ ރެޖިސްޓްރޭޝަން އަށް ލިބޭ ފައިސާގެ 15 އިންސައްތަ ކެއަރ ސޮސައިޓީއަށް ހަދިޔާކުރުމަށް ޓީއެފްޖީ އިން ނިންމާފައިވާ ކަމަށެވެ.

ޓީއެފްޖީ މެދުވެރިކޮށް "ބީއެމްއެލް ވާއު ކިޑްސް ރަން"ގައި ރަޖިސްޓަރ ކޮށްފައިވާ ކުއްޖާ އާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ޕޭޖް މެދުވެރިކޮށް ބީއެމްއެލްއަށް ފޮނުވާލުމުން ބޭންކުން ޕްރޮފައިލް އެކްޓިވޭޓް ކުރުމަށް ފަހު އެކަން އެސްއެމްއެސް މެދުވެރިކޮށް ކުއްޖާގެ ބެލެނިވެރިޔާއަށް އަންގައިދޭނެއެވެ. އެ އަށް ފަހު ޕްރޮފައިލް އަށް ލޮގިންވުމަށް ފަހު ފަންޑް ރެއިޒިން ޕޭޖެއް ފަސޭހަކަމާ އެކު ކްރިއޭޓް ކޮށްލެވޭނެއެވެ. ކޮންމެ ކުއްޖަކަށް ވެސް ފަންޑްރައިޒް ކުރެވޭނެ އެންމެ މަތީ އަދަދަކީ ދެހާސް ރުފިޔާއެވެ. ފަންޑް ރެއިޒިންގ ޕޭޖް މެދުވެރިކޮށް ޑޮނޭޓް ކުރަން ބޭނުންވާ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނަށް ފަސޭހަކަމާ އެކު 50 ރުފިޔާ އިން ފެށިގެން 500 ރުފިޔާ އާ ދެމެދު ކަނޑައެޅިފައިވާ ޢަދަދުތަކުން ޑޮނޭޓް ކޮށްލެވޭނެއެވެ.

މެއި މަހުގެ ދެވަނަ ދުވަހާ ތިންވަނަ ދުވަހު ބީއެމްއެލްގައި ރޭސް ކިޓް ދޫކުރުމުގެ ކަންތައްތައް އިންތިޒާމްކުރާނެ ކަމަށް ޓީއެފްޖީ އިން ވަނީ ބުނެފައެވެ.

މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން "ވާއު ކިޑްސް ރަން" ބާއްވާ ތިންވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް