ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 17:45
އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ފޮޓޯ
އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ފޮޓޯ
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ލަންކާ އިން ރާއްޖެ އައި މީހެއްގެ އަތުން ބައިކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
 
މަސްތުވާތަކެތި އަތުލައިގެންފައި ވަނީ 22 އަހަރުގެ ފިރިހެނެއްގެ އަތުން

ސްރީ ލަންކާ އިން ރާއްޖެ އައި ދިވެހި ފިރިހެނެއްގެ އަތުން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އުމުރުން 22 އަހަރުގެ ޒުވާނެއްގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާ އެކު ޖުމްލަ 527 ގްރާމް ހުރި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އޭޕްރިލް 14 ވަނަ ދުވަހު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓަކުން ރާއްޖެ އައި މި މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާ ކޮށްފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ އެ ފިރިހެން މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް