ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 16:48
ނަސްރުގެ ދުވަހު ސިފައިން ބޭއްވި ހިނގާލުމުގެ ތެރެއިން
ނަސްރުގެ ދުވަހު ސިފައިން ބޭއްވި ހިނގާލުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ސިފައިންގެ ދުވަސް
ސިފައިންގެ ދުވަހު ބާއްވާ ހިނގާލުން ހުޅުމާލޭގައި
 
ސިފައިންގެ ބޭންޑާއެކު މިފަހަރު ބޮޑުބެރު ތައާރަފުކުރެވޭނެ

ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 21 ދުވަހުގެ ހަވީރު 16:15 ގައި ކަމަށެވެ.

މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަޙައްދު ފިތުރޯނު މަގާއި އަސުރުމާ ހިނގުމުގެ ކަންމަތިންނެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ހުވަނދުމާހިނގުމުން، ފިތުރޯނުމަގަށެވެ. ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ ފިތުރޯނުމަގު، އެމްޕީއެލް ސަރަހައްދާ ހަމައަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި މުޅިއެކު ހަތަރު ތަނެއްގައި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައި ވަނީ އަސުރުމާހިނގުމާއި، ނިރޮޅުމަގާއި، ހުވަނދުމާ ހިނގުމުން ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުގައި އަދި، ފިތުރޯނުމަގު ފެރީ ޓާރމިނަލް ކައިރީގައެވެ. ކޮންމެ ހުއްޓުމެއްގައި ވެސް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ބޭންޑުން ކުޅޭ ރާގުތަކާ އެކު ބޮޑުބެރު ޖަހާގޮތަށް ވަނީ ހަމަޖެހިފައެވެ. ޝަރަފުގެ ހިނގާލުމެއްގައި މިފަހަރު ސިފައިންގެ ބޭންޑާ އެކު ބޮޑުބެރު ތައާރަފުކުރެވޭ މިއީ ފުރަތަމަ ފަހަރެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް