ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 18:42
ހުޅުމީދޫ ކުނިކޮށީގައި ރޯވެ އަނދަނީ
ހުޅުމީދޫ ކުނިކޮށީގައި ރޯވެ އަނދަނީ
އެމްއެންޑީއެފް
ހުޅުމީދޫ ކުނިކޮށީގައި ރޯވުން
ހުޅުމީދޫ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމެއް އަދި ސާފެއް ނުވޭ

އައްޑޫސީޓީ ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ކަމަށާއި ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ މިއަދު ހަވީރު 17:00 ހާއިރު ކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މިހާދިސާގައި އެ ސައިޓުގައި ހުރި ބައެއް މެޝިނަރީޒްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ބޮޑު ގެއްލުމެއް މި ހާދިސާގެ ސަބަބުން ވަނީ ލިބިފައެވެ. އެ ތަނުގައި ރޯވާން މެދުވެރިވީ ކިހިނެއް ވެގެން ކަމެއް ނޭނގެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް