ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ނަވާރަސަތޭކަ ހަތްދިހައިގެ ކުރީ ކޮޅުން ފެށިގެން ވިދާލި ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެއެވެ.
ސައްޔިދު ހަސަން އަވާހަރަވެފައިވަނީ ހޮނިހިރު ދަވަހު 6.45 ހާއިރު އަވަށްޓެރި އިންޑިއާގައެވެ.
ސައްޔިދު ހަސަން ވަނީ ކުޅިވަރުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކުރައްވާފައެވެ. އެގޮތުން ސައްޔިދު ހަސަން ވަނީ ފުޓްބޯޅަ، ޓޭބަލް ޓެނިސް، ހޮކީ، ވޮލީ ، ބައިސްކަލް ރޭސްތަކުގައި އޭރު ގިނަ ކާމިޔާބީތަކެއް ހާސިލް ކުރައްވާފައެވެ.
ސައްޔިދު ހަސަން އަކީ މަޑުމައިތިރި މިޖާޒެއް ގެންގުޅުއްވި އަހުލާގު ރަނގަޅު ބޭފުޅެކެވެ.
ސައްޔިދު ހަސަން އަވާހަރެވެފައިވަނީ ފުއްޕާމޭގެ ކެންސަރަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސައްޔިދު ހަސަންގެ ކޮއްކޮ އަކީ ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރު ނިއުގެ ވައިސް ޗެއާމަން ސައްޔިދު އަލީއެވެ.
ސައްޔިދު ހަސަން އާ ގުޅޭ ގޮތުން ބައެއް ބޭފުޅުން ޝުއޫރު
Kulhivarugai Dhivehi Raajje dhuh enme hunaruveri beyfulhaa Sayyed Hassan ah suvarugeyge dhaaimee niumaiy dhehvaashieve. Hassan akee alhugandumen umurufuraige hurihaa enmenah rivethi dhiriulhun dhahkuvaidhin gadha beyfulheh.
— Mohamed Nasheed (@MohamedNasheed) February 17, 2018
Sayyid Hassan akee mi jeeludhuh emme hunaruveri kulhivaruge eh shakhsiyyath. Hassan avahaaravi khabar ehee nuhanu fun hithama aai eku. Marh'oom ge a'aailaa ah keiytherikan dhevvaa sawaab ithuru kuravvaa Marh'oom ah suvarugeyge dhaaimee niu'maiy dhevvun edhi dhua'a kuran. Aameen!
— Abdulla Shahid (@abdulla_shahid) February 17, 2018
Sayyid Hassan avahaaravi habr ehee nuhanu hithama aai eku. Dhivehi Rajjeyge kulhivaruge vargadha shahshiyatheh. Marhoom Sayyid Hassan ge aaila ah thauziyyaa dhannavaa e marhoom ah suvargeyge dhaimy niumaiy dhevvun edhi dhua kuran.
— Mariya Didi (@MariyaDidi) February 17, 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ