ވެރިކަމުގެ ބާރަށް ނޭދި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެދިނުމަށް ރައީސް ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފިއެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ޖާހަތާއި ލައްޒަތާއި އުފަލާއި އަރާމަށް ނޭދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުން މުހިންމު ކަމަށެވެ.
Verikamuge aarai baaru,jaahathai lazzath adhi ufala araamah neydhi,Dhivehi Raajje ah taka gulhifaiva party thakun eh candidate nerun muhimmu
— Mohamed Nasheed (@MohamedNasheed) October 22, 2017
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު ހޮނިހިރު ދުވަހު ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އެކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.