ލާމު ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިރޭ 9.22 ހާއިރުކަމަށާއި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލެއް ޖެހުމުގެ ސަބަބުން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ލާމުގަމުގެ ތުނޑި ވޮލީ ކޯޓް ކައިރީގެ ސިނާއީ ބޮޑު މަގުގައި ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނަކަށާއި އުމުރުން 30 އަހަރުގެ އަންހެނަކަށެވެ.
މިހާރު މި ދެ މީހުންނަށް ލާމު ގަން ރީޖަނަލް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްޤީޤްކުރަމުންނެވެ.