ލ. ގަމުގެ މަތިމަރަދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުންނަށް އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ އޮރުއޮއްސި 6:12 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކެލެއް ޖެހުމުގެ ސަބުބުން ކަމަށެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރ އާޝިޔާ ސޯލިހް ވިދާޅުވީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 27 އަހަރުގެ ފިރިހެން މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 25 އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވި ނަމަވެސް ބޮލަށް އަނިޔާވުމުން ސީޓީ ސްކޭންއެއް ހެއްދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާޝިޔާ އިތުރަށް ވިދާޅުވީ ފިރިހެން މީހާގެ ބޮލަށް ގެއްލުން ލިބުމުގެ އިތުރުން ފައިގައި ރެދުލާފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.