ގދ ތިނަދޫގައި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 23:25 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކެލެއް ޖެހުމާއި ގުޅިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާ ވި ތިން މީހުންނަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ލިބިފައިވަނީ ކިހާ ވަރެއްގެ ޒަޙަމްތަކެއްކަން އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.