އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމް ކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 17 އަހަރުގެ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން އައްޑޫސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އައްޑޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ ކުއްޖާގެ ބަނޑަށް ވަޅި ހަރާފައިވާ ކަމަށާއި މިހާރު އޮޕްރޭޝަން ކުރަމުންދާތީ ކުއްޖާގެ ހާލަތާއި މެދު ވަކި އެއްޗެއް ދަންނަވަން ދަތިކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:15 ހާއިރު ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހްޤީޤް ކުރަމުންނެވެ.