އިންޑިޔާގައި ސެޕްޓެންބަރު މަހު 17 އިން 20 އަށް ބޭއްވި "ސައުތު އޭޝިޔަން ޔޫތު ސަމިޓް"ގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ވަފުދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމިޓީ އިން އިންތިޒާމުކޮށްގެން ބޭއްވި މި ސައުތު އޭޝިޔަން ޔޫތު ސަމިޓްގައި ރާއްޖެއިން ވަނީ "ބެސްޓް ކަންޓްރީ އެވޯޑް" ހާސިލްކޮށްފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި، ދިވެހި ވަފުދުގެ ބޭފުޅުން ވަނީ މި އެވޯޑް ރައީސުލްޖުމްހޫރިއްޔާއަށާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަރުވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ޤައުމެއް ބިނާ ކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ. އަދި ސައުތު އޭޝިޔަން ޔޫތު ސަމިޓްގެ ވަފުދު ރާއްޖެއަށް ހޯއްދަވައިދެއްވި ކާމިޔާބީއަށްޓަކައި އެ ބޭފުޅުންނަށް ރައީސް ޔާމީން ޝުކުރު އަދާ ކުރައްވާ މަރުޙަބާ ދެންނެވި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ އާދިއްތަ ދުވަހު މުލީއާގޭ ގައެވެ.