Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 19:17
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވި އިރު
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވި އިރު
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވަނީ މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު
ކާނިވާ، އާޓިފިޝަލް ބީޗް، ރަސްފަންނު އަދި ވިލިމާލެ ބޯޅަދަނޑު ފަދަ މުހިންމު ސަރަހައްދުތައް ކުއްޔަށް ދީފައިވާކަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވޭ

މާލެ އާއި ވިލިމާލޭގެ ބިންތަކުގެ ތެރެއިން ބޮޑު ބައެއް ކުއްޔަށް ދިނީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކަން ހާމަވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލު މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި، 40 ޕަސެންޓު ބިން ކުއްޔަށް ދީފައި ވަނީ މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒު މޭޔަރަކަށް ހުންނެވި އިރު މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ވަނީ ދީފަ އެވެ.

ދޫކޮށްފައިވާ ބިންތަކުގެ ތެރޭގައި މާލޭގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބިންތައް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗްގެ އިތުރުން ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓުތައް ޤާއިމްކޮށް ހިންގުމަށް ބިން ދީފައިވެ އެވެ. މީގެ އިތުރުން ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާން ވެސް ބަޔަކަށް ދިފައި ވަނީ އެ ދުވަސްވަރު އެވެ.

ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ވިލިމާލޭ ގެ ޑިމާންޑް ބޮޑު ބައެއް ސަރަހައްދުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވިލިމާލެ ބޯޅަ ދަނޑު ހިމެނެ އެވެ. މީގެ އިތުރުން ރޯމަސް މާރުކޭޓު ފަދަ ބައެއް ސަރަހައްދުތަކުގައި ފިހާރަ އާއި ގުދަން ހިންގާ ބިންތައް ހިމެނެ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުއްޔަށް ދޫކޮށްފައި ހުރި އިރު މިތަންތަން ކުއްޔަށް ދީފައި ވަނީ ނުއަގުގައި އުސޫލާ އެއްގޮތައް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މާލޭގެ މޭޔަރުކަމަށް މުއިއްޒު އިންތިހާބުވީ އޭޕްރިލް 10، 2021، ގަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގަ އެވެ. ނަމަވެސް އޭގެ ދެ އަހަރާއި ފަސް ވީ ފަހުން ސެޕްޓެމްބަރ 2023ގައި އެ މަޤާމު ހުސްވީ މުއިއްޒު ރައީސްކަމަށް އިންތިޚާބު ވުމުންނެވެ. މުއިއްޒު މަޤާމުގެ ހުވައި ކުރެއްވީ ސެޕްޓެމްބަރު 30، 2023ގަ އެވެ. އެހެންކަމުން ދޫކޮށްފައިވާ ބިންތައް ދޫކޮށްފައި މި ވަނީ ދޮޅު އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

- ކޮމެންޓް