Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 15:56
އަހުމަދު ސަލީމް (މާޒް ސަލީމް)
އަހުމަދު ސަލީމް (މާޒް ސަލީމް)
ރާއްޖެއެމްވީ
ޕީއެންސީ ޖަލްސާ
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
ޕީއެންސީ ޖަލްސާއަށް 60 މިލިއަން ރުފިޔާ ހަރަދުކޮށް ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ވަނީ ހުށަހަޅާފައި
މެމްބަރު ޢަބުދުއްރަޙުމާން، މިޖަލްސާއަށް 50 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރާކަމަށް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ

ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖަލްސާއެއް ބާއްވާފައި ނެތް ކަމަށާއި، ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް 60 މިލިއަން ރުފިޔާ ހަރަދުކޮށް ޕީއެންސީން ބޭއްވި ޖަލްސާގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންކަން ކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭތީ އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، މިފަދަ މައްސަލަތައް އޭސީސީ އަށް ހުށަހެޅީމައި ސިޔާސީ ނުފޫޒެއް އޮވެގެން މައްސަލަތައް ނުބަލާ ދުކޮށްލާފައި ހުންނަ ކަމަށެވެ. އެހެން ކަމުން މި މައްސަލަތައް ބެލުމަށް ވަނީ ގޮވާލައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ޕާޓީ (ޕީޕަލްސް ނެޝަލަން ކޮންގުރެސް) ޕީއެންސީ އިން މިހިނގާ ނޮވެމްބަރ މަހުގެ 14 ވަނަދުވަހު މާލޭގައި ޖަލްސާއެއް ބޭއްވުމަށް 60 މިލިއަން ރުފިޔާ ޚަރަދުކުރި ކަމުގެ މަޢުލޫމާތު، ޢާއްމު ރައްޔިތުން ހާމަކުރުމުގެ އިތުރުން މީޑިޔާގައި ވެސް ވަނީ ތިލަވެ ފައެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ޢަބުދުއްރަޙުމާން، މިޖަލްސާއަށް 50 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރާ ކަމަށް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި މިޖަލްސާގެ ކަންކަން އިންތިޒާމު ކުރުމަށް އަންލިމިޓެޑް ބަޖެޓެއް ހަމަޖެހިފައިވާ ކަމަށްވެސް ޢަބުދުއްރަޙުމާން ގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިއަދު މި ހުށަހެޅި މައްސަލައިގައި މޯލްޑިވިއަންގެ ފްލައިޓް ތަކަށް ފައިސާ ދެއްކި ކަމުގަ ވަނީ ވިއްޔާ އެ ފައިސާ ދެއްކި ފަރާތަކާއި އަދި ހަމަ އެއާއެކީގަ ލޯންޗްފަހަރާއި އޮޑި ދޯނި ފަހަރު ކުއްޔަށް ހިފާފަ އެއަށް ފައިސާ ދައްކާފަ ކަމުގަ ވަނީނަމަ އެފައިސާ ދެއްކި ފަރާތަކާ އަދި މިހާ ގިނަ އަދަެއްގެ މިހުން ގެނެއްސަ އޭގެން ކޮންމެ މީހަކަށް 1000 ރުފިޔާ ނޫނީ 2000 ރުފިޔާގެ ޕޮކެޓް މަނީ އެއްވެސް ވަނީ ދީފަ. އަދި އެކޮމަޑޭޝަން އަށް ފައިސާ ދައްކާފަ ވަނީ. އެހެން ވެއްޖެ ކަމުގަ ވަނީނަމަ އެ ފައިސާތައް ދެއްކި ގޮތަކާ އެފައިސާ ދެއްކި ފަރާތަކާ އަދި އެފައިސާ އެ ދެއްކި ފަރާތައް ލިބުނު ގޮތަކާ ނުވަތަ ޕާޓީގެ އެކައުންޓަށް ފައިސަ ޖަމަވި ކުރިއްޔާ ޖަމާކުރި ގޮތެއް ތަހުގީގުކޮށް ބައްލަވައިދެއްވުމަށް އެދި މި މައްސަލަ ހުށަހަޅާފައިވާނީ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

މިހާ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްގެން ޖަލްސާއެއް ބާއްވާފައި ވާއިރު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތީ، ސިޔާސީ ޕާޓީތަކަކީ ދައުލަތުން ފައިސާ ދޭ މުޢައްސަސާ ތަކަކަށްވެފައި، ސިޔާސީ ޕާޓީތަކުން ކުރާ ޚަރަދުތަކުގެ އޮޑިޓު ރިޕޯޓުތައް ހަދަން ލާޒިމު ކޮށްފައި އޮންނައޮތުމުވެ. ޕާޓީ ތަކަށް ޑޮނޭޝަންގެ ގޮތުގައި ލިބޭ ފައިސާ ވެސް ޚަރަދުކުރެވޭނީ ޕާޓީގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެވެ.

މިޖަލްސާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ޢަދަދެއްގެ ފައިސާ މިކަމަށް ހޭދަ ކޮށްފައިވާކަން ދަލީލު ކޮށްދެ އެވެ. މިގޮތުން އެންމެ ބޮޑު ހޭދައެއް ކުރެވިފައި ވާކަމުގެ މަޢުލޫމާތު ލިބެނީ ރަށްރަށުން ގިނަ ޢަދަދެއްގެ މީހުން މާލެއަށް ގެނައުމާއި ގެންދިޔުމުގެ ދަތުރުފަތުރުގެ ޚަރަދާއި އަދި އެމީހުންގެ ޖީބު ފައިސާގެ އިތުރުން އެކޮމެޑޭޝަންގެ ޚަރަދެވެ.

- ކޮމެންޓް