Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 19:26
ކުރީ ގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީ ގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ރާއްޖެއެމްވީ
ޑްރަގް ޑީލަރުން
ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލު ކުރެވޭނީ ޑްރަގު ވިއްކާ މީހުންނާއި ސަރުކާރާއި އޮންނަ ގުޅުން ކަނޑާލެވިގެން ކަމަށް
އުމަރު ވިދާޅުވީ ޑްރަގު ޑީލަރުން ސިޔާސީ ޕާޓީތަކަށް ވަދެ ނިޒާމުގެ ތެރެއަށް ވަދެ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި ތިބޭ ކަމަށް
މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވަނީ ޑްރަގް ޑީލަރުން ސިޔާސީ ޕާޓީތަކުގައި ތިބުމުން ކަމަށް އުމަރު ވިދާޅުވި

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުން ގެ މަޖިލީހު ގެ މެމްބަރުން ގެ ތެެރޭގައި ޑްރަގު ޑީލަރުން އެބަތިބި ކަމަށާއި ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި ކަމަށް ކުރީ ގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓީވީ ޗެނަލް އެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލު ކުރެވޭނީ ޑްރަގު ވިއްކާ މީހުންނާއި ސަރުކާރާއި އޮންނަ ގުޅުން ކަނޑާލެވިގެން ކަމަށެވެ. އުމަރު ވިދާޅުވީ ފުލުހުންގެ ރެކޯޑްތަކުން އޭނާ ދައްކާ ވާހަކައި ގެ ތެދު ހާމަ ވާން އޮންނާނެ ކަމަށެވެ.

އެ ވާހަކަތަކާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ސަރުކާރުން ދައްކަނީ ދަޅަ އެއް ކަމަށެވެ. ހަގީގަތުގައި އެފަދަ ކަންކަމުގެ ބޮޑުން ތިބީ ނިޒާމު ގެ ތެރެއަށް ވަދެ ނިޒާމު ތެރޭގައި ކަމަށް އުމަރު ވިދާޅުވި އެވެ.

"އެ މީހުން ތިބީ ނިޒާމުގެ ތެރެ އަށް ވަދެ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި. ސިޔާސީ ޕާޓީތަކުން މި ޖާގަ ދޭތީ މިކަންކަން މިހެން ހިނގަނީ. އެހެންވީމަ ގޭންގުތަކު ގެ ޤާނޫނު ކަމަށް ބުނެ ހެދީ ދަތެއް ނެތް ޤާނޫނެއް. ރައީސް މި ވިދާޅުވަނީ ގޭންގްތަކެއް ނެތޭ." އުމަރު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ޑްރަގް އޮޕަރޭޝަންތަކުގެ ނަތީޖާ ނުނިކުންނަ ސަބަބަކީ އެއީ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވަނީ ޑްރަގް ޑީލަރުން ސިޔާސީ ޕާޓީތަކަށް ވަދެ، ނިޒާމު ގެ ތެރެއަށް ގަދަވެގަންނާތީ ކަމަށް އުމަރު ވިދާޅުވި އެވެ.

- ކޮމެންޓް