Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 16:50
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ފުވައްމުލައް ސިޓީ
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
ނައިބު ރައީސް ފައިސަލް ވަނީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ބައްލަވާލައްވާފަ
ރައީސް ސާލިހްގެ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް މި ސަރުކާރު އައި ފަހުން ހުއްޓިފައިވާއިރު ދެ އަހަރު ފުރުނު އިރު އެއްވެސް ޕްރޮޖެކްޓެއް ކުރިއަކަށް ނުދޭ

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހްގެ ސަރުކާރުން ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ލީޑާޝިޕުން ފުވައްމުލަކަށް ވަޑައިގެންފައިވަނީ ހުކުރު ފުވަހުގެ ރޭ ދަންވަރު އެވެ. މި ދަތުރުފުޅުގައި ފުވައްމުލަކުގައި ފަށާފައިވާ މަޝްރޫއުތައް ބައްލަވާލެއްވުމާއި އެމްޑީޕީގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ރަށުގެ އިސްބޭފުޅުންނާއި ވެސް ބައްދަލު ކުރައްވާނެ އެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ވަނީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ބައްލަވާލައްވާފަ އެވެ. އެ ސަރަހައްދު ވަނީ ރައީސް ސާލިހް ގެ ސަރުކާރުގައި ހިލަ ޖަހައި ހިމާޔަތް ކޮށްފަ އެވެ. އަދި 300 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 2،650 މީޓަރުގެ ސީވޯލް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

އޭގެ އިތުރުން ރައީސް ސާލިހްގެ ސަރުކާރުން ފަށާފައިވާ ފަތާ ސަރަހައްދާއި ސާފިންގ ސަރަހައްދާއި ޤުރްއާނާއި ބެހޭ މަރުކަޒުގެ އިތުރުން ބަންދުކުރި ނެރުތައް ވެސް ބައްލަވާލެއްވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ސާލިހް ގެ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް މިސަރުކާރު އައި ފަހުން ވަނީ ހުއްޓިފަ އެވެ. އެގޮތުން ރައީސް ސާލިހް ގެ ސަރުކާރު ނިމުނު އިރު ގިނަ ޕްރޮޖެކްޓް ތަކުގެ ބޮޑުބައި ވަނީ ނިމިފަ އެވެ. ފުވައްމުލަކު ކައުންސިލުން ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރަށް އޮތީ ފިނިޝިންގ މަސައްކަތްތައް ކޮށްލުމެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުނު އިރު އެއްވެސް ޕްރޮޖެކްޓެއް ކުރިއަކަށް ނުދެ އެވެ.

- ކޮމެންޓް