Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 11:42
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްލުމަކަށް ވަޑައިގަތުން 22-11-2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްލުމަކަށް ވަޑައިގަތުން 22-11-2025
ރާއްޖެއެމްވީ
އެމްޑީޕީ
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
މިދަތުރުގައި އެންމެ ފުރަތަމަ ބައްދަލުކޮށް މަޝްވަރާކޮށްފައިވަނީ ފެނަކައިގެ އިސްވެރިންނާއި
އެމްޑީޕީ ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް ބައްލަވާލައްވާނެ

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކަށް ވަޑައިގެންނެވި ޓީމުގައި ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި ފުވައްމުލަށް ސިޓީގެ ކުރީގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެވަަޑައިގެންފަ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމްގެ މިދަތުރުފުޅަކީ އެމްޑީޕީ ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް ބައްލަވާލައްވައި، މަޝްރޫއު ތަކުގެ މައުލޫމާތު ގެނެސް ދިނުމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓީމުތައް ރުކުރަވާލުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުގެ ތެރެއިން ބައެއް ކުންފުނިތަކާއި ބައްދަލުކުރައްވާ މަޝްވަރާ ކުރުމުގެ އިތުރުން، ރައްޔިތުން ކައިރިއަށް ޒިޔާރަތް ކުރުންވެސް ހިމެނެ އެވެ.

މިމަހުގެ ތެރޭގައި ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވެސް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިދަތުރުގައި އެންމެ ފުރަތަމަ ބައްދަލުކޮށް މަޝްވަރާކޮށްފައިވަނީ ފެނަކައިގެ އިސްވެރިންނާއި އެވެ.

އެމްޑީޕީ ސަރުކާރުގައި ފުވައްމުލަކުގެ މަގު ހެދުމާއި، މިނޫސް ވެސް އިންފްރާސްރަކްޗަރގެ ގިނަ މަޝްރޫއުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

- ކޮމެންޓް