Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 13:49
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
އޭސީސީއަށް 77 މިލިއަން ރުފިޔާ ހޯދުމަށް އެންގި ނަމަވެސް މިހާތަނަށް އައިއިރު ހޯދިފައިވަނީ އެންމެ 49،000 ރުފިޔާ
ހޯދިފައިވާ 49،000 ރުފިޔާ އަކީ އެ ކޮމިޝަނުގެ ރައީސްއަށް މަހަކު ލިބޭ މުސާރައާ އެއްވަރު އަދަދެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހޯދަން އެންގި 77 މިލިއަން ރުފިޔާގެ ތެރެއިން ހޯދުނީ އެންމެ 49،000 ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޑޫ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އޭސީސީ އަށް 77 މިލިއަން ރުފިޔާ ހޯދުމަށް އެންގި ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު އެ ކޮމިޝަނަށް ހޯދިފައިވަނީ ހޯދަން ޖެހޭ ފައިސާގެ 0.06 އިންސައްތަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެގޮތުން ހޯދުނު 49،000 ރުފިޔާ އަކީ އެ ކޮމިޝަނުގެ ރައީސް އަށް މަހަކު ލިބޭ މުސާރަ އާ އެއްވަރު އަދަދެއް ކަމަށާއި މިވަރު ވީމާ ދެން އެ ކޮމިޝަނުގެ އެއްވެސް ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

އެހެންވީމަ މި ދަންނަވަނީ އެފިޝިއަންސީ އަށް ބަލާފަ ނޫނީ މި މުއައްސަސާތައް ހަދާނެ ކަމެއް ނެތޭ. މި މީހުން ޓައީ އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތޭ. އަޅުގަނޑުމެން މި ޖެހެނީ މި ފަދަ މުއައްސަސާތައް އުވާލަން. މިއީ ކީއްކުރާ ތަނެއްތޯ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

އިތުރަށް ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރާ ކަމަށް ބުނެ ވެސް ހަދަނީ ހުސް ދޮގު ކަމަށެވެ. އެގޮތުން ހަމައެކަނި އިވެންޓުތަކާ ޖަލްސާތަކަށް ވެސް އެހެން އެއްވެސް ކަމަކަށް ނުކުރާ ވަރުގެ ބޮޑެތި ޚަރަދުތައް ކުރަމުންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމުގައި އެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވެސް ފުލް މެޖޯރިޓީ ލިބިގެން ކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ އެހެންކަމުން އެމަނިކުފާނު ބޭނުންފުޅު ކޮންމެ ކަމެއް ބޭނުންފުޅު ކޮންމެ ވަގުތެއްގައި ކުރުމުގެ ބާރު އެބައޮތް ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭނުން ނަމަ އެކަން ވެސް ރައީސް އަށް ކުރެވޭނެ ކަމަށް ކުޑޫ ވިދާޅުވި އެވެ. ސަރުކާރު އޮފީސްތަކާ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވެސް ޚަރަދު ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރި ނަމަވެސް ސަރުކާރުން އެ އަޑުތައް ނާހާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

- ކޮމެންޓް