Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 14:57
މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަަނީ
މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަަނީ
ރައްޔިތުންގެ މަޖިލިސް
ބަޖެޓު
ރައީސް މުއިއްޒު މަޖިލީހަށް ބަޖެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރައްވާނެ: މެމްބަރު މައުރޫފް
2025 ވަނަ އަހަރުގެ ބަޖެޓުން ރައްޔިތަކަށް ލިބުނު ފައިދާ އެއް ނެތް
2026 ވަނަ އަހަރުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު 13.6 އިންސައްތަ ބޮޑު، ހަރަދު ވެސް 11.1 އިންސައްތަ ބޮޑު ބަޖެޓެއް
މިއީ ރައްޔިތުންނަށް މަލާމާތް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ބަޖެޓެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު މައުރޫފް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް އެއްވެސް ކަމެއް ހާސިލް ނުވާ ކަމަށާއި، ރައްޔިތަކަށް ލިބުނު ފައިދާ އެއް ނެތް ކަމަށެވެ.

މެންބަރު މައުރޫފް ވިދާޅުވީ ހުރިހާ ކަމެއް ދަނީ ގޯހުން ގޯހަށް ކަމަށާއި، އުޒުރަކަށް ދައްކަމުން ދަނީ ކުރީ ސަރުކާރުގެ ދަރަނި ކަމަށެވެ. ނަމަވެސް އަބަދު ދަރަނިމަތި ކުރުމަށްފަހު ރައްޔިތުން މޮޔަ ނުހެއްދޭނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓަކީ 2025 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 13.6 އިންސައްތަ ބޮޑު އަދި ހަރަދު ވެސް 11.1 އިންސައްތަ ބޮޑު ބަޖެޓެއް ކަމަށެވެ. ނަމަވެސް މި ބަޖެޓު ގައި އެއްވެސް ތަފްސީލެއް ހިމަނާފައިނުވާ ކަމަށާއި، މިއީ ރައްޔިތުންނަށް މަލާމާތް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަޖެޓު މަޖިލީހަށް ހުށަހަޅަން ނުޖެހޭ ގޮތަށް ރައީސް މުއިއްޒު ގާނޫނު އަސާސީއަށް ބަދަލު ގެންނަވާނެ ކަމަށެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 64 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، މި ބަޖެޓުގެ ހަގީގީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް އިއްޒަތްތެރި ރައީސް ހިމަނާފައިނުވާކަން މިއީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް. އިއްޒަތްތެރި ރައީސް މިއީ އެއްވެސް ރޭވުންތެރި ކަމެއް ނެތް ސިޔާސަތެއް ނެތް ބޯގޯސް, ރައްޔިތުން ވާ ވެއްދުމަށް ހުށަހަޅާފައިވާ މަލާމާތުގެ ބަޖެޓެއް. ގާނޫނު އަސާސީގައި ބަޖެޓު ހުށަހަޅަން އޮންނާތީ ކުރާ ބޭކާރު މަސައްކަތެއް. ރައީސް މުއިއްޒު އަދި މަޖިލީހަށް ބަޖެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ނުކުރާނެ ކަމީ އަޅުގަނޑު ޝައްކު ކުރާނެ ކަމެއް ނޫން.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ބޮޑު ބަޖެޓެއް ހުށަހެޅި ނަމަވެސް އުފާވެރި ކަމެއް ނެތް ކަމަށެވެ. މި އަހަރު ވެސް ކަނޑައަޅާފައިވާ ގޮތަށް އާމްދަނީ ނުހޯދޭ ކަމަށާއި، ހަރަދު ކުޑަ ނުކުރެވޭ ކަމަށެވެ. އަދި ބޭރުގެ އެހީއެއް ވެސް ހޯދައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް