Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 13:54
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ކުރީ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ މެންބަރު ފަލާހު ދޮގު ހަދައިފި
މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދަރަންޏަށް
2026 ވަނަ އަހަރުގެ ބަޖެޓު ހަދާފައިވަނީ ދުނިޔޭގެ އިގްތިސާދީ ހާލަތަށް ވަރަށް ބޮޑަށް ރިޔާއަތް ކުރުމަށްފަހު
މިއީ ތަންދޮރު ދަންނަ ރައީސުންނާއި ފިނޭންސް މިނިސްޓަރުން އަމަލު ކުރައްވާނެ ގޮތް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގު ހައްދަވައިފި އެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު ފަލާހު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދަރަންޏަށް ކަމަށާއި، އެއްވެސް ބަޔަކަށް ފައިސާ ދީފައިނުވާ ކަމަށެވެ. އަދި ހަތަރު ފަސް ބިލިއަން ރުފިޔާ ދޭންޖެހޭ ބަޔަކަށް ދީފައި އޮތީ އޭގެ ބިލިއަނެއްހާ ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ފަލާހު ވިދާޅުވީ، މި ދިޔަ ސަރުކާރުގައި ތަރައްގީ އަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަަމަށެވެ.

އެންމެ ފަހުން އައިސްފައި ދިޔަ ސަރުކާރު. އެސަރުކާރުން ކަންކޮށްފައި އޮތް ގޮތަކީ އެއްވެސް ތަނެއްގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވޭ. އެކަމަކު އެބޭފުޅުންގެ ފަސް އަހަރު ފާސްކޮށްފައި ހުރި ބަޖެޓުތަކުގެ ޖުމްލައަށް ބަލާފިއްޔާ ގާތްގަނޑަކަށް އެއީ 200 ބިލިއަން ރުފިޔާގެ ބަޖެޓުތައް އެއީ. ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ރުފިޔާއަށް ކުރި އެއްވެސް ކަމެއް ރާއްޖޭގެ ތަރައްގީއަށް އެއްވެސް ތަނެއްގައި ނޯންނާނެ ފެންނާކަށް.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

މީގެ އިތުރުން މެންބަރު ފަލާހު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހަދާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި، ދައުލަތުގެ ބަޖެޓުގައި އަދަދުތައް ވަކިން ޖަހާފައި އޮތުން މުހިންމު ނޫން ކަމަށެވެ. އަދި ވިދާޅުވީ ތަންދޮރު ދަންނަ ރައީސުންނާއި، ފިނޭންސް މިނިސްޓަރުން ބަޖެޓު ހައްދަވާނީ އެގޮތަށް ކަމަށެވެ.

ދައުލަތުގެ ބަޖެޓެއްގައި ދައުލަތުގެ ބަޖެޓެއްގަ ކޮންމެހެން ވަކި ރަށެއްގައި ވަކި ކަމެއް ޖަހާފަ، އޭގަ އަދަދުތަކެއް ޖަހާފަ އޮތުމަކީ މުހިއްމު ކަމެއް ނޫން،. އެއަށްވުރެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރަށްރަށުގެ ތަރައްގީގެ މަޝްރޫޢު ހިންގުމަށް މިހާރު ހަދާފަ މި އޮންނަ ގޮތަށް ޕްރޮގްރާމް ބަޖެޓެއް މާ ރަނގަޅު، ތަރައްގީގެ ކަންކަން ހިންގޭނެ ކަމެއް. އެމްޑީޕީ ބޭފުޅުންނަށް ވެސް އެނގޭ މިއީކަން ބަޖެޓު ހަދަން ޖެހޭ ގޮތަކީ. ކުރިން ހެދި ގޮތަށް މުހިންމުކަން ރައްޔިތުންނަށް ޚިދުމަތް ދޭން ފަސޭހަކަން މިހެން ބަޖެޓު ހެދީމަ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

މެންބަރު ފަލާހު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ހަދާފައިވަނީ ދުނިޔޭގެ އިގްތިސާދީ ހާލަތަށް ވަރަށް ބޮޑަށް ރިޔާއަތް ކުރުމަށްފަހު ކަމަށެވެ. ޚާއްސަ ގޮތެއްގައި ޔޫރަޕްގެ އެކި ގައުމުތަކަށް އަންނަ އިގްތިސާދީ ބަދަލުތަކާ ރަޝިޔާ- ޔުކްރޭއިން ހަނގުރާމަ އާއި، އެމެރިކާއިން ދާދިފަހުން އެޅި އިމިގްރޭޝަން ފިޔަވަޅުތަކާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިޔާއަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް