Advertisement
ކ. މާލެ
|
12 ނޮވެންބަރ 2025 | ބުދަ 14:10
ފަށާއިރު ޕްރޮގްރާމްގައި ފުވައްމުލަކުގެ ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން ވާހަކަ ދައްކަނީ
ފަށާއިރު ޕްރޮގްރާމްގައި ފުވައްމުލަކުގެ ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ފުވައްމުލައް ފެނަށް ޖެހުން
ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ދަނީ ލިބެމުން
ފުވައްމުލައް ސިޓީއަކީ ފަތުރުވެރިކަމުގައި ބްރޭންޑެއް
ފަތުރުވެރިކަމުގެ ޚިދުމަތުގެ ފެންވަރު ވެއްޓިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
މި ސަރުކާރުގައި ވިޔަފާރިވެރިންނަށް ވެސް އުޖާލާ ދުވަސްތަކެއް ލިބޭނެ ކަމާމެދު އެއްވެސް އުންމީދެއް ނެތް

ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ފެނަކައިން ފުވައްމުލައް ސިޓީގެ ގެތަކަށް ދޫކޮށްފައިވާ ސަޕްލައިން ފެނުގައި ކޮލިޓީ މައްސަލަ ޖެހި މުޅި ސިޓީ ފެނަށް ޖެހިފައިވަނީ މި މަހުގެ 10 ދުވަހު އެވެ. މިހާތަނަށް ފެނުގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވެ އެވެ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މުހައްމަދު ޝަރަފުއްދީން ބުނީ، ފެނުގެ ޚިދުމަތް ކެނޑުމުން މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށާއި، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ފުވައްމުލައް ސިޓީއަކީ ފަތުރުވެރިކަމުގައި ބްރޭންޑެއްކަން ފާހަގަކޮށް އޭނާ ބުނީ، މުޅި ސިނާއަތަށް މިކަމުގެ ގެއްލުން ކުރާނެ ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ވެއްޓިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މިހާރު ފުވައްމުލައް ސިޓީ އަކީ ގެސްޓްހައުސް ވިޔަފާރި ފުދޭ ވަރަކަށް ފުޅާވެފައި އޮތްތަނެއް. ގެސްޓްހައުސްތަކުގައި ގެސްޓުން އެބަތިބި. އަޅުގަނޑުމެން މިޖެހެނީ ރޭގަނޑު ދަންވަރު ވެސް ފާހަނާއަށް ފެން ބާލިދީ ވައްދަން މިހާރު އެނގޭތޯ. އޭގެން އަޅުގަނޑުމެންނަށް އެބަ ލިބޭ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް. މިހާރު ފުވައްމުލައް ސިޓީއަކީ ދުނިޔޭގައި ވެސް މަޝްހޫރު ބްރޭންޑަކަށް ވެފައި އޮތްތަނެއް މިތަނަކީ. އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ ސަރުކާރަށް މިކަން ނޭނގޭކަން.

ފުވައްމުލަކުގެ ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން

ޝަރަފުއްދީން ބުނީ، ރައްޔިތުން މަޖިލީހަށް އެސިޓީ ތަމްސީލް ކުރުމަށް މެންބަރުން އިންތިޚާބު ކޮށްފައިވާ ކަމަށާއި، ނަމަވެސް މިއަދު އެބޭފުޅުން ވެސް އަމިއްލަ މަސްލަހަތު އިސްކުރަމުންދާ ކަމަށެވެ. ރައްޔިތުން އުޅޭނެ ހާލަތެއްގައި އުޅެން ދޫކޮށްފައިވާ ކަމަށާއި، މި ސަރުކާރުގައި ވިޔަފާރިވެރިންނަށް ވެސް އުޖާލާ ދުވަސްތަކެއް ލިބޭނެ ކަމާމެދު އެއްވެސް އުންމީދެއް ނެތް ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް